ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސަޢޫދީ ސަރުކާރުން ހަދިޔާކުރެއްވި ކަދުރު ބެހުމާގުޅޭ
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރައްވާފައިވާ ކަދުރުގެ ތެރެއިން ހޯރަފުއްޓަށް ލިބިފައިވަނީ 01 ކިލޯގެ 304 ޕެކެޓް ކަދުރެވެ. ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ ލިބިފައިވާ ކަދުރު ހުސްވަންދެން ބަލައި އަންނަ ތަރުތީބުން މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 01 ޕެކެޓް ކަދުރެވެ. ކަދުރު ދޫކުރުން ކުރިއަށްދާނީ 08 ޖޫން 2026 ވާ (އާދީއްތަ) ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރު 13:00 އަށް ހޯރަފުށީ ކައުންސިލް އިދާރާއިންނެވެ.
ވީމާ، ކަދުރު ބޭނުންވާ ގޭބިސީތަކުން މަތީގައި ދަންނަވާފައިވާ ގަޑިތަކުގައި ކަދުރު ބަލައި އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
21 ޛުލްޙިއްޖާ 1447
07 ޖޫން 2026
ހޯދާ
