ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު އެސިސްޓަންޓް ގްރޭޑް 1 - ދާއިމީ

އިޢުލާނު

މަޤާމު:

މިސްކިތު އެސިސްޓަންޓް ގްރޭޑް 1

މަޤާމުގެ ނަންބަރު:

J-441185

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ރޭންކް 1 - ސްޓެޕް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލް އިދާރާ

މުސާރަ:

މަހަކު -/7,530 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު -/1,935 ރުފިޔާ

ޙާޞިރީ އިނާޔަތް:

ޙާޞިރުވާ ކޮންމެ ނަމާދަކަށް
- ފަތިސް (-/55 ރުފިޔާ)

- މެންދުރު، އަޞްރު، މަޣްރިބް، އިޝާ (ކޮންމެ ނަމާދަކަށް -/25 ރުފިޔާ)

އެހެނިހެން އެލަވަންސްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  3. މި މަގާމަށް ހާޒިރީ ޢިނާޔަތް ދޭނެ ގޮތް ބަޔާންކޮށްފައިވާ " ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ދަށުން މިސްކިތު މުވައްޒަފުންނަށް ކަނޑައަޅާ ޚާއްޞަ އިނާޔަތްތައް
  4. ހަމަޖެހިފައިވާ އުސޫލުން ކޮންމެ ރަމަޟާން މަހެއްގައި ރަމަޟާން އެލަވެންސް."

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް، ކަނޑައަޅާ މިސްކިތެއްގައި އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
  2. ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން ކޮންމެ ނަމާދެއްގެ ވަގުތުގެ ކުރިން މިސްކިތަށް ގޮސް މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ދޮވެ ސާފުކުރުން.
  3. ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން، މިސްކިތުގެ ގޯތި ތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން.
  4. މިސްކިތުގެ ވަޅު ހަޑިވިޔަނުދީ ދިޔަހިއްކާ ސާފުކޮށް ބެލެހެއްޓުން.
  5. މިސްކިތުގެ ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ ކަބަޑުތައް ފޮޅާ ސާފުކުރުން.
  6. މިސްކިތުގެ ފަންކާތަކާއި އޭސީތައް ހަޑިވިޔަ ނުދީ ސާފުކޮށް ބެލެހެއްޓުން.
  7. މިސްކިތުގެ ހޮޅިބުރިތަކާ ފަންކާތައް ދިއްލުމާއި ނިއްވުން.
  8. ކައުންސިލްގެ އިދާރާއިން ހަމަޖައްސާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދާ، ގަސްތައް ކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  9. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  10. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  11. ކައުންސިލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

 

 

 

 

 މަޤާމުގެ ޝަރުތުތައް:

  1. 1.      ލިޔަންކިޔަން އެންގުން

ނުވަތަ

  1. 2.      މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ

ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާ:

ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް

މަޤާމުގެ ތަޢުލީމީ ރޮނގު

ނެތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1.  މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުން %50

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް %5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5

އިންޓަރވިއު %40

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 70% (ހަތްދިހަ) އިންސައްތައަށް ވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖޫން 11 ވާ  ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ނައިވާދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި އިދާރާގެ މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2026 ޖޫން 18 އާއި 25 އާ ދެމެދު ނައިވާދޫ ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2) ފޯމް" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520039 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

18 ޛުލްޙިއްޖާ 1447

04 ޖޫން 2026

04 ޖޫން 2026
ހޯދާ