މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

 (IUL)10-C/10/2026/47:ނަންބަރު

އިޢުލާނު

 

މަޤާމު:

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-429647

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ / ހިއުމަން ރިސޯސް ސެކްޝަން / ކ.މާލެ

މުސާރަ:

މަހަކު  9,845.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 4,595.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 125.00 ރުފިޔާ
  2. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ މަގާމުތަކަށް ރިޕްލޭސްމަންޓަށް / އަލަށް މުވައްޒަފަކު ހޯދުމަށް އިޢުލާން ކުރުމަށް ބޭނުންވާ ހުއްދަ ރިކުއެސްޓް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފޮނުވުން.
  2. މިނިސްޓްރީގެ މަގާމުތަކަށް މީހުން ހޯދުމަށް ކުރަންޖެހޭ އިޢުލާންތައް ތައްޔާރުމާއި، މިނިސްޓްރީގެ ވަޒީފާތަކަށް ކުރާއިޢުލާނާގުޅިގެން ސެކްޝަނަށް ލިބޭ އެޕްލިކޭޝަންތައް ރެކްރޫޓްމަންޓް އުޞޫލާއިއެއްގޮތަށް ކުރިއަށް ގެންދިއުމާއި، ޚާއްޞަ އޮނިގަނޑުގެ ދަށުން ކުރިއެރުން ޙައްޤުވާ މުވައްޒަފުންނަށް ކުރިއެރުން ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.
  3. މިނިސްޓްރީގެ ވަޒީފާތަކަށް ހަމަޖެހޭ މުވައްޒަފުންގެ ޕްރޮބޭޝަން ފޯމް ތައްޔާރުކުރުމަށްފަހު މުވައްޒަފުގެ ސުޕަވައިޒަރަށް ފޮނުވުމާއި، މިނިސްޓްރީގެ މުވައްޒަފުންގެ ވަޒީފާގެ ބަޔާނާއި އެއްބަސްވުން އެކުލަވާލައި މުވައްޒަފުން ލައްވާ ސޮއިކޮށް މުވައްޒަފަށް ހަވާލުކުރުމާއި، ސީ.އެސް ވިއުގާއިން އަދާހަމަކުރުން.
  4. މިނިސްޓްރީގެ ވަޒީފާއަށް ހަމަޖެހޭ މުވައްޒަފުގެ މަޢުލޫމާތު ފޯމު ފުރިހަމަކުރުމަށްފަހު، މުވައްޒަފަށް ލިބެންޖެހޭ އެކްސަސް ދިނުމަށާއި، މުވައްޒަފުގެ އޮފީސް ކާޑު ހެދުމަށާއި، އިންޑަކްޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް ގެންދިއުމަށްއެދި ކަމާގުޅޭ ސެކްޝަންތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވުން.
  5. މިނިސްޓްރީގެ ވަޒީފާއިން ވަކިވާންއެދޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ވަކިވާ މުވައްޒަފަށް ދީފާއިވާ އެކްސެސްތައް ކަނޑާލައި، މުވައްޒަފާ ޙަވާލުކޮށްފައިވާ އޮފީސް ކާޑު އަނބުރާ ހޯދުމަށް އެދި ކަމާގުޅޭ ސެކްޝަންތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވުން.
  6. މިނިސްޓްރީގެ މަގާމުތައް ސެޕް ސިސްޓަމުން ޑީލިމިޓްކޮށް / މަގާމު ކްރިއޭޓް ކުރުމަށް އީމެއިލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމާއި، ސްޓޭޓަސް އަޕްޑޭޓްގެ މަސައްކަތްތައް ކުރުން.
  7. ކޮންމެ މަހަކު މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި، މުވައްޒަފުންގެ ޕެންޝަނާއި މުސާރައާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ލޯންތަކާއި ގުޅިގެން ޕޭމެންޓް ޑީޓެއިލްސް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. އެޗް.އާރު. މެޓްރިކްސް ސިސްޓަމުން ފާހަގަކުރެވޭ ކަންތައްތަކާގުޅިގެން ސިސްޓަމް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅޭފަރާތްތަކާ ގުޅިގެން ކުރުން.
  9. މިނިސްޓްރީގެ މުވައްޒަފުންގެ އިންކަމް ޓެކްސްއާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މީރާއާ ގުޅިގެން ކުރުން.
  10. ސެކްޝަނުގެ ދެ އީމެއިލް ދުވަހުން ދުވަހަށް ބަލަހައްޓައި، ޖަވާބުދޭންޖެހޭ ލިޔުންތަކަށް ޙަވާލުވެހުރިވެރިޔާގެ ލަފާގެ މަތިން ޖަވާބުދިނުން.
  11. ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ މެމޯފަދަ ތަކެތި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ފައިލް ކުރުން.
  12. "މާބަނޑު އަންހެނުންނާއި ޅަދަރިމައިންނަށް މަސައްކަތު ވަގުތު ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" ގެ ދަށުން ސެކްޝަނަށް ލިބޭ ރިކުއެސްޓްތަކާ ގުޅިގެން، އުޞޫލުގައިވާގޮތުގެ މަތިން، ސެކްޝަނުން ފުރިހަމަކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު އެޗް.އާރު.އެމް.ޑީ. ކޮމިޓީއަށް ފޮނުވުމާއި، ކޮމިޓީން ނިންމިގޮތް ސެކްޝަނަށް ލިބުމުން، އުޞޫލާއެއްގޮތަށް ކުރިއަށް ގެންދިއުމާއި، މުވައްޒަފުގެ ރެކޯޑްސް ބެލެހެއްޓުން.
  13. މިނިސްޓްރީގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ސެކްރެޓޭރިއަޓް މަސައްކަތްތައް ކުރުން.
  14. މިނިސްޓްރީގެ މުވައްޒަފުންނަށް ލިބެންވާ އެލަވަންސްތަކާއި ޢިނާޔަތްތައް ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  15. ސެކްޝަންގެ މުވައްޒަފަކު ޗުއްޓީއަށްދާ ޙާލަތުގައި، އެ މުވައްޒަފެއްގެ މަސައްކަތް ކުރުމާއި، މުޅި މިނިސްޓްރީ ޝާމިލްވާގޮތަށް މިނިސްޓްރީން ކުރާ ޚާއްސަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ އެއް ޙާޞިލްކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން  
  2. އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް  
  3. ބިހޭވީރިއަލް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ  
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  5. ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް  
  6. ބިޒްނަސް މެނޭޖްމަންޓް  
  7. ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް  
  8. ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް  
  9. ހިއުމަން ކެޕިޓަލް ލީޑަރޝިޕް  
  10. ހިއުމަން ކެޕްޓަލް މެނޭޖްމަނަޓް  
  11. ހިއުމަން ޑިވެލޮޕްމަންޓް  
  12. ހިއުމަން މެނޭޖްމަންްޓް އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް  
  13. ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް  
  14. ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް މެނޭޖްމަންޓް  
  15. ހިއުމަން ރިސޯސަސް އެންޑް އޮގަނައިޒޭޝަނަލް ބިހޭވިއަރ  
  16. ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް  
  17. ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  18. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް  
  19. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓަލަންޓް މެނޭޖްމަންޓް  
  20. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރޭނިންގ  
  21. ހިއުމަން ރިސޯސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް  
  22. ހިއުމަން ރިސޯސަސް  
  23. ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން  
  24. ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއިމަންޓް  
  25. ހިއުމަން ރިސޯސަސް އެންޑް ނޮލެޖް މެނޭޖްމަންޓް  
  26. ހިއުމަން ރިސޯސަސް އެންޑް ޓެލަންޓް ޑިވެލޮޕްމަންޓް  
  27. ހިއުމަން ޓެލަންޓް މެނޭޖްމަންޓް  
  28. ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް  
  29. ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް  
  30. ލަރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް  
  31. މެނޭޖްމަންޓް  
  32. މެނޭޖްމަންޓް އެންޑް ޕީޕަލް މެނޭޖްމަންޓް  
  33. މެނޭޖްމަންޓް ސައިކޮލޮޖީ  
  34. އޯގަނައިޒޭޝަނަލް ޑިވެލޮޕމަންޓް  
  35. އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ  
  36. އޯގަނައިޒޭޝަނަލް ސައިކޮލޮޖީ  
  37. ޕީޕަލް މެނޭޖްމަންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް  
  38. ޕަރސަނަލް މެނޭޖްމަންޓް  
  39. ޕަރސަނަލް މެނޭޖްމަންޓް އެންޑް ލޭބަރ ޕްރެކްޓިސް  
  40. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  41. ޕަބްލިކް ޕޮލިސީ  
  42. ސްޓްރެޓީޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް  
  43. ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް  
  44. ވަރކް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ  
  45. ވަރކް ސައިކޮލޮޖީ  
  46. ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް  
  47. ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް

މަޤާމުގެ މަސައްކަތު ދާއިރާތައް:

1. ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން

2. އޮގަނައިޒޭޝަނަލް ބިހޭވިއަރ 

3. ޕަރފޯމަންސް މެނޭޖްމަންޓް

4. އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ނުވަތަ ކޮމްޕެންސޭޝަން މެނޭޖްމަންޓްއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.home.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހުގެ) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖޫން 11 ވާ ބުރާސްފަތި ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އޮންނާނީ، 2026 ޖޫން 21 އާއި 30 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031543ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

      

18 ޛުލްޙިއްޖާ 1447

04 ޖޫން 2026
ހޯދާ