ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް މޫސާ ޢަލީ އަދި މަސްޖިދުލް ތަޢުބާގައި ހުރި އެއަރކޮންޑިޝަންތައް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  ނަންބަރު: 258/258/2026/33(IUL)                         

އިޢުލާން

      

މަސްޖިދުލް މޫސާ ޢަލީ އަދި މަސްޖިދުލް ތަޢުބާގައި ހުރި އެއަރކޮންޑިޝަންތައް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މަސްޖިދުލް މޫސާ ޢަލީ އަދި މަސްޖިދުލް ތަޢުބާގައި ހުރި އޭސީތައް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން 2026 ޖޫން 10 ވާ ބުދަ ދުވަހުގެ 13:00 އަށް ހަނިމާދޫ ކައުންސިލަށް ދުރުވެ ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށައަޅާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަންދެއްވުން އެދެމެވެ.

  1. މަސައްކަތްތައް:
  • ހުރިހާ އެއަރކޮންޑިޝަނެއްގެ އިންޑޯ އަދި އައުޓްޑޯ ޔުނިޓްތައް ޗެކްކޮށް ދޮވެ ސާފުކުރުން. (މި އިޢުލާނާއި އެކު އޭސީ ތަކުގެ ތަފްސީލް އެޓޭޗްކުރެވިފައި)
  • އެއަރކޮންޑިޝަންތައް ރިޕެއަރކޮށް ގޭސް އަޅަންޖެހޭނަމަ، ގޭސް އަޅައިދިނުން.
  • ކޯޓޭޝަން ހުށައަޅާނީ ދެ މިސްކިތަށް ވަކިން 2 ކޯޓެޝަންއަށެވެ.
  1. ކޯޓޭޝަން ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
  2. ކޯޓޭޝަން ހުށަހަޅާއިރު، އޭސީ ސާފުކުރުމާއި، މަރާމާތުކުރުމުގެ އިތުރުން ގޭސް އެޅުމުގެ ޚިދުމަތުގެ އަގު ވަކިވަކިން އެނގޭނޭހެން ހިމެނުއްވުމަށް ދަންނަވަމެވެ. މީގެ އިތުރުން، މުޅި މަސައްކަތް ނިންމުމަށް ހޭދަވާނެ ޖުމްލަ މުއްދަތު ސާފުކޮށް ބަޔާންކޮށްދެއްވުން އެދެމެވެ.
  3. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

    ފޯން: 9965565

    އީމެއިލް:  [email protected]

                 ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 18 ޛުލްޙިއްޖާ 1447

                 04 ޖޫން 2026

04 ޖޫން 2026
ހޯދާ