ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ތަޙްސީނުއްތިލާވާ ޕްރޮގްރާމް

ތަޙްސީނުއްތިލާވާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

            މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އިމާމުންނާއި މުދިމުން، އަދި ޤުރްއާން މުދައްރިސުންގެ ޤުރްއާން ކިޔެވުމުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ފުރިހަމަކުރުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ. ތަޖްވީދުގެ ހަމަތަކާއި އެކު ރީތި ރާގުގައި ޤުރްއާން ކިޔެވުމުގެ ފަންނުވެރިކަން މި ޕްރޮގްރާމުގައި ދަސްކޮށްދެވޭނެއެވެ.

ޝަރުޠު:

  1. ދާއިމީ ނުވަތަ ވަގުތީ އިމާމަކު ނުވަތަ މުދިމަކު ކަމުގައިވުން؛ ނުވަތަ
  2. ދާއިމީ ނުވަތަ ވަގުތީ ޤުރްއާން މުދައްރިސަކު ކަމުގައިވުން.

މުއްދަތު:

  • 3 ހަފްތާ (ހަފްތާއަކު 5 ދުވަހު، ދުވާލަކު 2 ގަޑި)
  • 21 ޖޫން 2026 – 09 ޖުލައި 2026 (ރޭގަނޑު)

ކިޔެވުން ކުރިއަށްދާނީ:

  • ސަލްމާނު ރަސްގެފާނު މިސްކިތުގެ 3 ވަނަ ފަންގިފިލާގައެވެ. / މާލެ.

ޖާގަ:

 30 ޖާގަ

ހުށަހަޅަންޖެހޭ ތަކެތި:

  • އައިޑީ ކާޑުގެ ކޮޕީ.
  • ޤުރްއާން މުދައްރިސެއްކަން، ނުވަތަ އިމާމެއް ނުވަތަ މުދިމެއްކަން އަންގައިދޭ ލިޔުމެއް.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 15 ޖޫން 2026 ގެ 13:00 ގެ ކުރިން ގޫގުލް ފޯމް https://forms.gle/SNy2TW11cQScBzZM6 ފުރިހަމަ ކުރެއްވުން އެދެމެވެ.

  

04 ޖޫން 2026
ހޯދާ