ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ރެސިޑެންޝަލް ލާނިންގ ސެންޓަރުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން
ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު
ދ.ކުޑަހުވަދޫ ރެސިޑެންޝަލް ލާނިންގ ސެންޓަރުގެ ތިރީގައި މިދަންނަވާ ބައުތަކެތީގެ ނީލަން ކިޔުން 11 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:30 ގައި ދ.ކުޑަހުވަދޫ ރެސިޑެންޝަލް ލާނިންގ ސެންޓަރު ( ދަނާލް ) ގެ ގޯތިތެރޭގައި އޮންނާނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މި ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު:
- ނީލަންކިޔާ ތަކެތި ބައިބަޔަށް (ލޮޓް) ބެހުމަށްފަހު ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައިވާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަންބަރ ފެންނާނެހެން ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
- ނީލަން ކުރިޔަށް ގެންދާނީ މަދުވެގެން 3 ބައިވެރީންގެ ހާޒިރުގައެވެ. 3 ބައިވެރީން ހާޟިރު ނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 02 ނުވަތަ 01 ބައިވެރިންގެ ހާޟިރުގައި ކަޑައަޅާފައިވާ ގަޑީގައި ނީލަން ކުރިޔަށް ގެންދެވޭނެއެވެ. ދެވަނަ ފަހަރަށް މުދާ ނީލަންކިޔުމަށް އިޢުލާން ކުރުމުން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިނުވެއްޖެނަމަ އެމުދާ ނީލަންކިޔުމުގެ އުޞޫލުގެ 09 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނައްތައިލެވޭނެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުމަށް، މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން ދެއްވުންއެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 24 ގަޑިއިރު ތެރޭގައި ނީލަމުން ނެންގެވި ތަކެތި ނީލަންކިޔާ ސަރަޙައްދުން ގެންދަވަންވާނެއެވެ.
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ
ފޯން: 7952914
އީ-މެއިލް: [email protected]
