ދިވެހިރާއްޖެ
`
ކަލާފާނު ސްކޫލް
މާލެ / ދިވެހިރާއްޖެ
ނަންބަރު: KS(IUL)/2026/13
|
އިޢުލާނު |
|
|
މަޤާމު: |
އައި.ސީ.ޓީ ޓެކްނީޝަން |
|
މަޤާމުގެ ނަންބަރު: |
J-442871 |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސަރވިސް ރޭންކް 5 – ސްޓެޕް 1 |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކަލާފާނު ސްކޫލް / މާލެ |
|
މުސާރަ: |
މަހަކު 9495.00 ރުފިޔާ |
|
މަގާމުގެ އެލަވަންސް: |
މަހަކު 2850.00 ރުފިޔާ |
|
ހާޟިރީ އިނާޔަތް: |
-/75 ރުފިޔާ (ހާޟިރުވާ ކޮންމެ ދުވަހަކަށް) |
|
އެހެނިހެން އެލަވަންސް: |
* ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. * ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ސްކޫލުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުން ހުރި އެންމެހާ ކަންކަން ކިޔަވައިދިނުމަށާއި އެހެނިހެން ޚިދުމަތްތައްދިނުމަށް ދަތިނުވާނެގޮތެއްގެ މަތިން މޮނިޓަރކޮށް ބެލެހެއްޓުން. 2. ސްކޫލުގެ ކޮމްޕިއުޓަރ ސިސްޓަމްސްތައް މުވައްޒިފުންނަށް ދަތިނުވާނޭ އުސޫލުގެމަތިން ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކޮށް މުވައްޒިފަށް އެސިސްޓަމް ބޭނުންކުރެވޭ ހާލަތަށްގެނެސް މުވައްޒިފަށް އެއްވެސް މައްސަލައެއްނެތި މަސައްކަތް ކުރެވޭތޯ ޔަގީން ކުރުން. 3. ސްކޫލުގެ ކްލާސް ރޫމް، ލެބޯރަޓަރީ، އޭވީ ރޫމް އަދި އެހެނިހެންތަންތަނުގައި ހަރުކުރެވިފައިވާ ޕްރޮޖެޓްތައް މަސައްކަތް ކުރާމިންވަރު ބަލާ ޕްރޮޖެޓަރ ސެޓަޕް ހެދުމަށްފަހު ބޭނުންކުރެވޭ ހާލަތެއްގައި ބެހެއްޓުން. 4. ސްކޫލުގައި ބޭނުން ކުރާ ޕްރިންޓަރތައް ރަގަޅަށް މަސައްކަތް ކުރޭތޯ ބަލާ މުވައްޒިފުންނަށް ނެޓްވޯކް މެދުވެރިކޮށް ޕްރިންޓް ކުރެވެވޭ ގޮތް ހަދާ ކުރެވޭ ތޯ ޖެޗްކޮށް ބެލުން. އަދި ޕްރިންޓަރ ގެ ޓޯނަރ ހުސްވުން ސްޓޮކުން ޓޯނަރ ނެގުމަށްފަހު ޕްރިންޓަރ އަށް ލައްވާ ޕްރިންޓް ކުރެވޭނޭގޮތް ހެދުން. 5. ޕްރިންޓާރ ، ސްކޭނަރ ، ކޮމްޕިއުޓަރ ސިސްޓަމް ، ލެޕްޓޮޕް ، ޕްރޮޖެކްޓަރ، ސްމާރޓް ބޯޑް އަދި ޑޮކްޓާރ ބޯޑް ތައް ބެލެހެއްޓުމަށްޓަކައި ޗެކްލިސްޓް ހަދާ އެތަކެތި ޗެކްކޮށް ދިމާވާ މައްސަތައް ހައްލުކުރުކޮށް އެތަކެތި ބޭނުން ކުރެވޭ ގޮތް ހެދުން. 6. ހުރިހާ ސިސްޓަމަކަށް އެއް ވަރޝަންގެ ސޮފްވެއަރ އަޅާ އެއްގޮތްކުރުމާއި ސޮފްޓްވެއަރ އަޕްޑޭޓް ކޮށް ބެލެހެއްޓުމާއި، ބަޖެޓްތަންދިން މިންވަރަކުން އެންޓިވައިރަސް އަޅާ މެއިންޓެއިން ކުރުން. 7. ސައުންޑް ރޫމްގައި އަދި ކޮންޓްރޯލް ރޫމްގައި ހުރި ތަކެއްޗަށް ޖެހޭމައްސަލަ ބަލާ އެމައްސަލަތައް ރަގަޅުކުރުން އެތަކެތި މެއިންޓޭންކޮށް ބެލެހެއްޓުން. 8. އޭވީ ރޫމްގައި ހުންނަންޖެހޭ ޕްރޮޖެކްޓަރ، ކޮމްޕިއުޓަރ ސިސްޓަމް އަދި ސައުންޑް ސިސްޓަމް ހުރިތޯބަލާ ޔަޤީން ކޮށް މިތަކެތި ރޫމްގައި ނެތްނަމަ އެތަކެތި ހުރިތަންތަނުން ގެނެސް އޭވީ ރޫމްގައި ސެޓަޕްހެދާ ސްޓޭންޑް ބައިގައި ބެހެއްޓުން. އަދި މިތަކެތި މެއިންޓޭންކޮށް ބެލެހެއްޓުން. 9. އޭވީރޫމްގައި ހުންނަތަކެތި ބާވެ ހަލާކުވެ ބޭނުން ނުކުރެވޭ ވަރުވުމުން އެތަކެތި ނީލަން ކިއުމަށްޓަކައި ސަރުދާއާއި ހަވާލުކުރުން 10. ސްކޫލު މުވައްޒަފުނަށް ސަވަރ ޑޮމެއިން ކްރިއޭޓްކުރުމާއި ސްކޫލް މެއިލް ކްރިއޭޓް ކުރުން. 11. ސްކޫލަށް އަލަށް ވަޒީފާ އަށް ނުކުންނަށް މުވައްޒިފުންނަށް ސްކޫލް ސަވަރ ޑޮމެއިން ހެދުމާއި ސްކޫލްމެއިލް ހަދާ އެމުވައްޒިފހުންނަށް ލޮގިން އަދި މެއިލް ބޭނުންކުރެވޭކަން ޔަޤީން ކުރުން. 12. ސްކޫލަށް ވަންނަ އިދާރީ މުވައްޒިފުންނަށް ވެރިއެއްގެ ލަފާގެމަތިން ޖެމްސް އެކައުންޓްހަދާ މުވައްޒިފަށް އެއެކައުންޓް ބޭނުންކުރެވޭކަން ޔަޤީން ކުރުން. 13. ސްކޫލަށް ދަތިނުވާނޭހެން ސްކޫލުގެ ސަރވަރ ޑައުންވިޔަނުދީ ސަރވަރ ގެ ސެކިއުރިޓީ (އެންޓިވައިރަސް އަދި އެހެނިހެންގޮތް ގޮތުން) ބެލެހެއްޓުން 14. ސްކޫލް ޕްރޮޕަޓީގެ ދަށުގައިވާ އައިޓީ އާއި ގުޅުން ހުރި ސޮފްޓްވެއަރ ތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުމާއި ސޮފްޓް ވެއަރ އަޕްގްރޭޑް ކުރުން. 15. ސްކޫލުގައި ކޮމްޕިއުޓަރ ނެޓްވަރކް އެޅުމާއި ނެޓްވޯކަށް ދިމާވާ މައްސަލަތައް ބެލުމާއި ހައްލުކުރުން 16. ސްކޫލު ވެބްސައިޓް ތަރައްޤީ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަން ބަލާ އެކަންކަން ވެރިންނާ ހިއްސާކޮށް ވެރިންގެ ލަފާގެމަތިން ވެބްސައިޓް އަށް ބަދަލުގެނައުން 17. ސްކޫލުގެ އެކިއެކި ހަރަކާތްތަކަށާއި، ޖަލްސާއާއި ވޯކްޝޮޕް އަދި އެސްމްލީގަޑީގައި ސައުންޑް އަދި ޕްރޮޖެކްޓަރ ސެޓަޕް ހެދުން. 18. ސްކޫލުގައި ބާއްވާ ހަފްލާތަކާއި މީޓިން، ވޯކްޝޮޕް އަދި އެކިއެކި ހަރަކާތްތަކަށް ސައުންޑް އަދި ޕްރޮޖެކްޓަރ 30 މޮނެޓް ކުރިން ސެޓަޕް ހަދާ ރެޑީ ކުރަންވާނެއެވެ. 19. ސްކޫލުގެ ހަފްލާތަކާއި ޖަލްސާ އަދި މީޓިންގ ތަކުގައި ސައުންޑް ހެދުމަށްފަހު އެއިވެންޓެއް ނިމެންދެން ސައުންޑް އަދި ޕްރޮޖެކްޓަރގެ ކަންކަން ހިނގާދާގޮތް ބަލާ މައްސަލައެއްދިމާވެއްޖެ ހާލަތެއްގައި ހައްލުކުރުން 20. ސްކޫލުގެ ވެބްސައިޓް ޓެކްނިކަލް ގޮތުން ދިމާވާމައްސަލަތަށް ހައްލުކުރުމާއި މޮނީޓަރކޮށް މެއިންޓެއިންކޮށް، އަޕްޑޭޓް ކޮށް ބެލެހެއްޓުން ދާއިރާއާއި ގުޅުންހުރި ތަކެތީކެ ޗެކްލިސްޓް ހަދާ ތަކެތި މޮނީޓަރ ކުރުމާއި މައްސަލަދިމާވެފައިވާ ކަންކަން ހައްލުކުރުން. |
|
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.
ގުޅޭ ވަޒީފާގެ ދާއިރާތައް: އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތައް
ތަޢުލީމީ ރޮނގުތައް: - ބިޒިނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ - ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ - ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ - ކޮމްޕިއުޓަރ ޕްރޮގްރާމިންގ - ކޮމްޕިއުޓަރ ސައިންސް - ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ - ކޮމްޕިއުޓިންގ - ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ - ހާރޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން - އައި.ސީ.ޓީ ސިސްޓަމް ސަޕޯޓް - އިންފޮމޭޝަން ޓެކްނޮލޮޖީ - ނެޓްވަރކިންގ - ޕްރޮގްރާމިންގ - ސޮފްޓް ވެއަރ އިންޖިނިއަރިންގ - ސިސްޓަމް އެޑްމިނިސްޓްރޭޝަން - ވެބް ޑިވެލޮޕްމަންޓް |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx 1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖޫން 15 ވާ (ހޯމަ) ދުވަހުގެ 13:00ގެ ކުރިން، ކަލާފާނު ސްކޫލް އަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، އީމެއިލް ކުރުން އެދެމެވެ. |
||||||||||||
|
ޝޯޓްލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާއާއި އެސެސްމެންޓް ގެ ނަތީޖާ އަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި އެސެސްމެންޓް ގެ ނަތީޖާ އަށް ބަލައި، އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ |
||||||||||||
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 21 ޖޫން 2026 އާއި 25 ޖޫން 2026 އާ ދެމެދު، ކަލާފާނު ސްކޫލް ގައެވެ. |
||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3316589 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
||||||||||||
|
|||||||||||||
