ދިވެހިރާއްޖެ
ގދ.މަޑަވެލި ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ "އަލިތަރި މަދަޙަ މުބާރާތް 1447" މުބާރާތުގެ ޤަވާޢިދަށް ބަދަލުގެނެސް، މަޑަވެލީ ސުކޫލުގައި ކިޔަވަމުންދާ އެހެންރަށްރަށުގެ ކުދިންނަށް ފުރުޞަތުދީ މުބާރާތުގެ ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމަށް ނިންމުން.
ގދ.މަޑަވެލި ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ ފަރާތުން މަޑަވެލީގެ ރައްޔިތުން އަދި ސުކޫލު ކުދިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބިޖައްސައި، މަދަހަ ކިއުމުގެ ފަންނު ދިރުވައި އާލާކޮށް ފެތުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ބާއްވަން ހަމަޖެހިފައިވާ "އަލިތަރި މަދަޙަ މުބާރާތް 1447" މުބާރާތުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ 4.2 ވަނަ ނުކުތާއަށް ބަދަލު ގެނެސް މަޑަވެލީ ސުކޫލުގައި ކިޔަވަމުންދާ އެހެންރަށްރަށުގެ ކުދިންނަށް ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން 'އަލިތަރި މަދަޙަ މުބާރާތް 1447' ގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ 08 ޖޫން 2026 ގެ 12:00 އަށް އިތުރުކުރެވިފައެވެ.
މިމުބާރާތުގައި ބައިވެރިވެވޭ ކެޓަގަރީތަކަކީ:
1) ފައުންޑޭޝަން ސްޓޭޖް
2) ކީސްޓޭޖް 1 – (ގްރޭޑް 1، 2، 3)
3) ކީސްޓޭޖް 2 – (ގްރޭޑް 4، 5 އަދި 6)
4) ކީސްޓޭޖް 3 އަދި 4 – (ގްރޭޑް 7، 8، 9 އަދި 10)
5) ސްކޫލް ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިން
6) 18 އަހަރުން މަތީގެ އުމުރުފުރާ
7) ޤުރޫޕް މަދަހަ ހުށަހެޅުން (މުއައްސަސާތަކާއި، ޢާންމު ރައްޔިތުން)
މިމުބާރާތުގައި ބައިވެރިވެވޭނީ ތިރީގައިވާ ލިންކްގައިވާ ފޯމް ފުރުމަށްފަހު ހުށަހަޅައިގެންނެވެ.
ލިންކް: https://forms.gle/MGQeXHjyT9Ht6NR68
މުބާރާތުގެ ބައިވެރިވާ ހުރިހާ ފަރާތްތަކުން އެފަރާތުގެ އައި.ޑީ.ކާޑު ކޮޕީ އަދި ހުށަހަޅާ މަދަޙައިގެ ކޮޕީ 08 ޖޫން 2026 ވަނަ ދުވަހުގެ 12:00 ކުރިން ކައުންސިލްގެ ވައިބަރ 9356677 އަށް ނުވަތަ މެއިލް [email protected] އަށް މެއިލްކުރަންވާނެއެވެ. މީގެ އިތުރުން މިހާރު ބައިވެރިވެފައިވާ ބައިވެރިން ހުށަހަޅާ މަދަހަ ބަދަލުކުރަން ބޭނުންނަމަ މިމުއްދަތުގައި އެކަން ބަޔާންކޮށް މިއިދާރާގެ މެއިލް [email protected] އަށް މެއިލްކުރަންވާނެއެވެ.
މިއިޢުލާނާއެކު "އަލިތަރި މަދަހަ މުބާރާތް 1447" ގެ ބަދަލުގެނެވިފައިވާ ޤަވާއިދު އެއްކަރުދާސް ކޮށްފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
