ދިވެހިރާއްޖެ
އިޢުލާން
ބޯޓްޔާޑް ސަރަޙައްދުގައި އޮތް ލޯންޗް ސިޓީލާ ނީލަމުގައި ވިއްކާލުމާ ގުޅޭ
މި ކައުންސިލްގެ ބައެއް ދުއްވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރި ނަންބަރު: 30 1(IUL)335-AS/335/2024/ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ލޯންޗް ނީލަން ބާޠިލްކޮށް، އެ ލޯންޗް އަލުން ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހަކު 12:00 ގެ ކުރިން ލޯންޗް ގަތުމަށް ބޭނުންވާ އަގު މި އިޢްލާނާއި އެކު އެޓޭޗްކުރެވިފައިވާ (NL04) ފޯމުން ކައުންޓާރގައި ހުންނަ ފޮށްޓަށް ހުށަހަޅަންވާނެއެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ޖޫން 2026 ވަނަ ދުވަހުން ފެށިގެންނެވެ.
ލޯންޗް ގަތުމަށް ހުށަހަޅާ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ގައި ހުށަހެޅި އެންމެމަތީ އަގު އެނގޭ ގޮތަށް މިކައުންސިލްގެ ވައިބާރ ގުރޫޕްގައި އާންމުކުރެވޭނެއެވެ. މިލޯންޗް ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 2 ދުވަހު އޮވެއްޖެނަމަ، އެ ފަރާތެއްގެ ނަމުގައި ނީލަން ނިންމާލެވޭނެއެވެ.
|
ރިފަރެންސްނަމްބަރ |
ވެހިކަލްގެ މަޢްލޫމާތު |
ނީލަންފެށޭ އަގު |
އިތުރުކުރެވޭނެ އެންމެ ކުޑައަގު |
|
01/2026 |
(C1041A-02 10-T) ލޯންޗު (އިންޖީނުނެތް) |
-/50,000ރ |
ފަހަރަކު -/5,000ރ |
މިއިޢްލާނާއި އެކު ސިޓީލާ ނީލަމުގެ ގައިޑްލައިނާ، އަގުހުށަހަޅާ ފޯމް އަދި ނީލަންކިޔާ ލޯންޗްގެ ފޮޓޯ ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6642024 އާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.
