މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މައްޗަންގޮޅި އާސަހަރާގެ 5 ވަނަ ބައިގައި ހުރި މަހާނަ ގާތައް ނެގުމާގުޅޭ

މައްޗަންގޮޅި އާސަހަރާގެ 5 ވަނަ ބަޔަށް ( އިރުމަތީ ފަރާތު 5 ވަނަ ބަޔަށް ) ވެލި އަޅަން ބޭނުންވާތީ، އެ ސަރަޙައްދުގައި ހުރި މަހާނަ ގާތައް ނަގަން ބޭނުން ވެއެވެ.

ވީމާ، މި ދެންނެވި ސަރަޙައްދުގައި ހުރި މަހާނަ ގާތައް ޖަހާފައިވާ ފަރާތްތަކުން އެ ގާތައް ނަގައިގެން ގެންދަން ބޭނުންވާނަމަ އެފަދަ ފަރާތް ތަކުން، މި އިދާރާ އާ ގުޅައިގެން، 15 ޖޫން 2026 ގެ ކުރިން އެ މަހާނަ ގާތައް ނަގައިގެން ގެންދިއުމަށާއި އެ މުއްދަތުގައި ނުނަގާ ހުންނަ މަހާނަ ގާތައް މި އިދާރާގެ ފަރާތުން ނެގުމަށްފަހު އެ ގާތައް ނައްތާލެވޭނެ ވާހަކަ އަންގާ އިޢުލާނު ކުރީމެވެ.

މަހާނަ ގާތައް ނަގަން ބޭނުންވާ ފަރާތް ތަކުން ގުޅާނީ ނަންބަރ 7994565 ފޯނަށެވެ.

04 ޖޫން 2026
ހޯދާ