ދިވެހިރާއްޖެ
އިޢުލާނު
މި ހޮސްޕިޓަލްގައި ބޭނުންކޮށް ގިނަދުވަސްވެފައިވާ އަދި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން.
މި ހޮސްޕިޓަލްގައި ބޭނުންކޮށް ގިނަދުވަސްވެފައިވާ އަދި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށްވަނީ ހަމަޖެހިފައެވެ. މި ތަކެތި ނީލަންކިޔުން ކުރިއަށް ގެންދާނީ ލޮޓްތަކަށް ބަހާލެވިގެން، ވަކިން 03 ދުވަހެއްގައެވެ. ނީލަން ކިޔުން ކުރިއަށްދާނީ ހޮސްޕިޓަލްގެ ގޯތިތެރޭ، ލޯންޑްރީ ކުރިމަތީގައެވެ.
- ލޮޓް ނަންބަރު 01 އިން ލޮޓް ނަންބަރު 07 އަށް: ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 11 ޖޫން 2026 (ބުރާސްފަތި) ދުވަހު ހެނދުނު 10:00 ގައެވެ.
- ލޮޓް ނަންބަރު 08 އިން ލޮޓް ނަންބަރު 14 އަށް: ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 14 ޖޫން 2026 (އާދީއްތަ) ދުވަހު ހެނދުނު 10:00 ގައެވެ.
- ލޮޓް ނަންބަރު 15 އިން ލޮޓް ނަންބަރު 19 އަށް: ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 17 ޖޫން 2026 (ބުދަ) ދުވަހު ހެނދުނު 10:00 ގައެވެ.
ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ ގޮތް:
ނީލަމުން ނަންގަވާ ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކި ރަސީދު ގެންނެވުމުންނެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލުގެ އޯ.ޕީ.ޑީ ކައުންޓަރުންނެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން އެންމެ ލަސްވެގެން 24 ގަޑިއިރު ތެރޭގައި ތަކެތި ގެންދަންވާނެއެވެ. ތަކެތި ނީލަން ކިޔުމަށްފަހު ނުގެންގޮސް ހޭދަވާ ވަގުތުގައި ތަކެއްޗަށް ލިބޭ ގެއްލުމަކަށް ހޮސްޕިޓަލުން ޒިންމާ ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- ލޮޓް ނަންބަރު 01 އިން ލޮޓް ނަންބަރު 07 ގެ ނީލަމުގެ އަގަށްވާ ފައިސާ 11 ޖޫން 2026 (ބުރާސްފަތި) ދުވަހު މެންދުރު 14:00 ގެ ކުރިން ހޮސްޕިޓަލްގެ ކައުންޓަރަށް ދައްކައި ޚަލާސް ކުރަންވާނެއެވެ.
- ލޮޓް ނަންބަރު 08 އިން ލޮޓް ނަންބަރު 14 ގެ ނީލަމުގެ އަގަށްވާ ފައިސާ 14 ޖޫން 2026 (އާދިއްތަ) ދުވަހު މެންދުރު 14:00 ގެ ކުރިން ހޮސްޕިޓަލް ކައުންޓަރަށް ދައްކައި ޚަލާސް ކުރަންވާނެއެވެ.
- ލޮޓް ނަންބަރު 15 އިން ލޮޓް ނަންބަރު 19 ގެ ނީލަމުގެ އަގަށްވާ ފައިސާ 17 ޖޫން 2026 (ބުދަ) ދުވަހު މެންދުރު 14:00 ގެ ކުރިން ހޮސްޕިޓަލް ކައުންޓަރަށް ދައްކައި ޚަލާސް ކުރަންވާނެއެވެ.
ނީލަމުގައި ހިމެނޭ އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ބަދަލުކުރަން އެދޭނަމަ، ބޭނުންވާ ލިޔެކިޔުންތަކާއި، ސޮއި ހޮސްޕިޓަލުން ފޯރުކޮށްދެވޭނެއެވެ. އެހެންނަމަވެސް ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށްގެންދަންވާނީ އެ އުޅަނދެއް ނީލަމުން ނަންގަވާ ފަރާތަކުންނެވެ. އަދި ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެ ކަމުގައި ދަންނަވަމަވެ.
03 ޖޫން 2026
