އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ކައުންސިލް އިދާރާގެ ކޮންފަރެންސްރޫމް އަދި ރިސެޕްޝަންއޭރިއާއަށް ބޭނުންވާ މޭޒު އަދި ކައުންޓަރު ޖެހުމާއި ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އދ. މަންދޫ ކައުންސިލް އިދާރާގެ ކޮންފަރެންސްރޫމް އަދި ރިސެޕްޝަންއޭރިއާއަށް ބޭނުންވާ މޭޒު އަދި ކައުންޓަރު ޖެހުމާއި ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު (IUL)351/351/2025/84

(23 ޑިސެމްބަރު 2025 ) އިޢުލާނާއިގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ދެވަނަ އިއުލާނެއް ކުރަމެވެ.

އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް ރަޖިސްޓްރީކުރެއްވުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

  • ރަޖިސްޓްރީކުރުމުގެ ސުންގަޑި : 07 ޖޫން 2026 (އާދިއްތަ) 10:30 އަށް
  • ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ލިންކް: https://forms.gle/ZqY5Eg14XP3auDYT9
  • ޕްރީބިޑް މީޓިންގ : 07 ޖޫން 2026 (އާދީއްތަ) 10:30  އަށް އދ. މަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • އަންދާސީ ހިސާބު ހުށައެޅުން: 09 ޖޫން 2026 (އަންގާރަ) 11:00  އަށް އދ. މަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

މި މަސައްކަތާއި ގުޅޭ ކުރެހުންތައް، އަދި އަގު ހުށައަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި މަޢުލޫމާތުތަކުގެ އިތުރުން މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 07 ޖޫން 2026 (އާދީއްތަ) 10:30  ގެ ކުރިން ތިރީގައިވާ އީމެއިލްއަށް ލިޔުންތައް ފޮނުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

      މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމާއިބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށައެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމަށް މަތީގައި ދަންނަވާފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.  

03 ޖޫން 2026
ހޯދާ