ދިވެހިރާއްޖެ
މި އިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ އިމާމުން ޗުއްޓީ ނެގުމާއި، އެހެނިހެން ސަބަބުތަކާއި ގުޅިގެން މަސައްކަތަށް ނުނިކުންނަވާ ދުވަސްތަކުގައި ބަންގިގޮވައި އިމާމުވެ، ނަމާދުކުރާ ފަރާތްތަކުގެ ޕޫލެއް 1 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލުމަށް ބޭނުންވެއްޖެއެވެ.
އުޖޫރަ: މުދިމެއްނަމަ، މަސައްކަތު ނިކުންނަވާ ވަގުތަކުންކުރެ ކޮންމެ ވަގުތަކަށް 53.00 ރުފިޔާ (ގަޑިއަކަށް)
އިމާމެއްނަމަ، މަސައްކަތު ނިކުންނަވާ ވަގުތަކުންކުރެ ކޮންމެ ވަގުތަކަށް 61.00 ރުފިޔާ (ގަޑިއަކަށް)
ޕޫލްގައި ހިމެނޭ މުވައްޒަފުން މަސައްކަތް ކުރާނެގޮތުގެ އުޞޫލު މި އިދާރާއިން ކަނޑައަޅައި ޕޫލުގައި ހިމެނޭ ފަރާތްތަކާ ޙިއްޞާ ކުރެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖޫން 09 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެޕްލިކޭޝަން ފޯމް މިއިދާރާގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
މިކަމަށް އެދި ހުށަހަޅާ ފަރާތްތަތަކާއެކު ބާއްވާ އިންޓަވިޔު އޮންނާނީ 2026 ޖޫން 17 ވާ ބުދަ ދުވަހާއި 2026 ޖޫން 25 ވާ ބުރާސްފަތި ދުވަހާއި ދެމެދުއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.
