މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާން (މެޑަލް) އަދި ޝަރަފުގެ ނިޝާން (މެޑަލް) ލުމަށް ބޭނުންވާ ފޮށި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

       މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާން (މެޑަލް) އަދި ޝަރަފުގެ ނިޝާން (މެޑަލް) ލުމަށް ބޭނުންވާ ފޮށި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

       ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 08 ޖޫން 2026 ވާ ހޯމަ ދުވަހު 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި އީމެއިލް ފޮނުވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

       ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ [email protected] އީމެއިލް އަށް 08 ޖޫން 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

02 ޖޫން 2026
ހޯދާ