ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިމަދަރުސާގައިހުރި ބައެއްތަކެތި ނީލަންކިޔުމާއި ގުޅޭ

މިމަދަރުސާގައި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 5 ޖޫން 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 އަށް ނ.އަތޮޅު ތަޢުލީމީ މަރުކަޒަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރާ ފަރާތް ތަކުން 24 ގަޑިއިރުތެރޭގައި މިމަދަރުސާގެ އިދާރާއަށް ފައިސާ ދެއްކުމަށްފަހު އެތަކެތި ގެންދަންވާނެއެވެ. 

އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިމަދަރުސާގެ ނަންބަރ: 6560019 ފޯނަން ރަސްމީ ގަޑީގައި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

02 ޖޫން 2026
ހޯދާ