ދިވެހިރާއްޖެ
|
އިޢުލާނު
|
|
|
މަޤާމު: |
އެސޯސިއޭޓް ކައުންސިލް އޮފިސަރ |
|
މަޤާމުގެ ނަންބަރު: |
J-454636 |
|
ބޭނުންވާ އަދަދު: |
01 |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކު: |
ލޯކަލް ކައުންސިލް އޮފިޝަލްސް - ޕަބްލިކް ސަރވިސް ރޭންކް 4 |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ ) ކްލައިމޭޓް ޗޭންޖް، އެންވަޔަރަމެންޓަލް ކޮންޒަވޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓް ޔުނިޓް ( |
|
މުސާރަ: |
8505.00 ރުފިޔާ |
|
މަޤާމުގެ އެލަވަންސް: |
2555.00 ރުފިޔާ |
|
ޙާޟިރީ އިނާޔަތް: |
ޙާޟިރުވާ ކޮންމެ ދުވަހަށް -/70 ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
ސިވިލް ސާރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕައިވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން - ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން. - ކައުންސިލްގެ ނާސަރީ ހިންގުމާއި ސިޓީ ލޭންޑްސްކޭޕިންގްއާއި ޕެސްޓް ކޮންޓްރޯލްއާއި ގުޅިގެން ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ޔުނިޓުގެ އިރުޝާދާއެއްގޮތައް ރާވައި ހިންގައި، ދަށުގައިވާ ސަޕޯޓް ސްޓާފުންގެ މަސައްކަތް ވިލަރެސްކޮށް ސްޕަވައިޒްކުރުން. - ކައުންސިލްގެ ނާސަރީ، ޕާކް އަދި އާންމު އިޖްތިމާއީ ސަރަހައްދުތަކުގައި މަސައްކަތްތައް ކުރިޔަށް ދާއިރު އިސް މުވައްޒަފެއްގެ ހައިސިއްޔަތުން ގާޑެން އަދި ލޭންޑް ސްކޭޕިންގ ޓީމާއިއެކު އަމަލީ ގޮތުން މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތް ހިނގާނުހިނގާގޮތް ބެލުން - ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހުރިހާ މަގުތަކާއި ޕާކުތަކާއި މައިޒާންތަކާއި އަދި އާންމު ސަރަހައްދުތަކުގައި ގަސް ހެދިފައިވާ ތަންތަން ރީތިކޮށް ބެލެހެއްޓި، ފެހިކަން ދެމެހެއްޓޭނެ ގޮތަށް ގަވާއިދުން ބަލައި ފިޔަވަޅުތައް އެޅުން. - ގަސް ހެއްދުމަށާއި ޕެސްޓް ކޮންޓްރޯލްކުރުމަށް ބޭނުންވާ ތަކެތި ދެނެގަނެ، ނާސަރީގައި ގެންގުޅޭ ގަސްތަކާއި ތަކެތީގެ ސްޓޮކް އަދި އިންވެންޓްރީ ބެލެހެއްޓުމާއި، ނާސަރީގައި ހެއްދިފައިވާ ގަސްތަކުގެ ރެކޯޑްތަކާ ލިޔެ ކިޔުންތައް ތަރުތީބުކޮށް ބެލެހެއްޓުމާ، ރިކޯރޑްތައްޔާރުކުރުމާއި ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރަށް ޖަވާބުދާރީވުން. - ނާސަރީ ހިންގުމަށް ބޭނުންވާ ތަކެތި ޕްރޮކިއުމަންޓް ޕްލޭންއާ އެއްގޮތަށް ހޯދުމަށްޓަކައި ކަމާ ބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ސްޓޮކް މޮނިޓަރކޮށް އިންވެންޓޮރީ ގަވައިދުން އަދާހަމަކޮށް ސްޓޮކްގެ ހާލަތު ގަވައިދުން ރިޕޯރޓްކުރުން. - ދަށުގައިވާ ސަޕޯޓް ސްޓާފުންގެ ހާޒިރީ، ވަގުތު ތާވަލް، ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ބެލެހެއްޓުމާއި، ސްޓާފުންގެ ހާޒިރީ ބަލަހައްޓައި ހަމައިން ކަންކަން ކުރިއަށް ދޭތޯ ޔަގީން ކުރުން. - ސިޓީ ކައުންސިލް ހިންގާ ތިމާވެށި ހޭލުންތެރިކުރުމާ ގުޅިގެން ބާއްވާ ހަރަކާތްތަކާ، ގަސް ހެއްދުމުގެ ކެމްޕޭންތަކާ، ޕެސްޓް ކޮންޓްރޯލްކުރުމާއި، ވޯރކްޝޮޕްތަކަށް ބޭނުންވާ ތައްޔާރީތައް ކުރިއަށްގެންދިޔުމަށާއި މި ނޫންވެސް ކައުންސިލްގެ ވޯކްޕްލޭންގައި ހިމެނޭ ތިމާވެށީގެ ދާއިރާގެ މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސްޕަވައިޒަރ ގެ ލަފަޔާ އިރުޝާދުގެ މަތިން ތަންފީޒު ކުރުން. - ނާސަރީގައި ބޭނުންކުރާ ސާމާނާ، ދަނޑުވެރިކަމާ ގުޅޭ ވަސީލަތްތަކާ، ވެހިކަލްތައް ރަނގަޅު ހާލަތެއްގައި ހުރިތޯ ބަލައި، ބޭނުންވާ ހިނދު މަރާމާތަށް ހުށަހަޅައި ރެކޯޑް ބެލެހެއްޓުން. - ދަށުގައިވާ ސަޕޯޓް ސްޓާފުންގެ ހުނަރު ތަރައްގީ ކޮށް، ގަސް ހެދުމާ ބަގީޗާ ބެލެހެއްޓުމާ، ޕްރޮފެޝަނަލް ރީތި ގޮތްތަކަށް ގަސް ބެލެހެއްޓުމާ ގުޅޭގޮތުން ކައުންސިލުން ކުރިއަށްގެންދާ ތަމްރީންތަކާއި، ނިންމުންތަކާ ގައިޑްލައިންތަކާ އެއްގޮތައް މަސައްކަތްތައް ރާވާ ކުރިއަށްގެންދިޔުން. - ކައުންސިލްގެ ބެލުމުގެގެ ދަށުގައިވާ ބަގީޗާ ސަރަހައްދުތަކާ ނާސަރީ ހިމެނޭ ތަންތަނުގެ ސާފްތާހިރުކަން ދެމެހެއްޓިފައިވޭތޯ ބަލައި، ތިމާވެށްޓާ ރައްޓެހި ގޮތުގައި ކުނިނައްތާލުމުގެ ނިޒާމު ހިންގައި، ބެލެހެއްޓުން. - ކައުންސިލްގެ ވޯކް ޕްލޭން ތަންފީޒްކުރުމުގެ ގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން |
|
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ؛
|
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް (ޕްރިފާރޑް)
ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގުތަކުގެ ލިންކް: https://www.csc.gov.mv/PostStructure/Index/36
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (09 ޖޫން 2026) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|
އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އެސެސްމަންޓް އޮންނާނީ، 10 ޖޫން 2026 އާއި 09 ޖުލައި 2026 އާ ދެމެދު، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6527149 ނުވަތަ 6527104 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
|
