ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖު 2026 ގައި ބައިވެރިވުމަށް ހުޅުވާލުން

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާޢީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލާކުރުމާއި އެކުވެރިކަމާ އެކު މަސައްކަތް ކުރުމުގެ ރޫޙް  ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި، މި ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖު 2026"، 2026 ޖޫން 26 ވާ ހުކުރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ އިހަވަންދޫގެ ސަރުކާރު އޮފީސް /ކުންފުނިތަކަށް ޚާއްޞަކުރެވިގެން ބާއްވާ މުބާރާތެއް ކަމަށްވާތީ، މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި އިހަވަންދޫ އަށް ނިސްބަތްވާ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ޓީމްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 10 ޖޫން 2026ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުން އެދެމެވެ. ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ވީމާ، މުބާރާތުގެ ޤަވާއިދު އާންމުކޮށް ބައިވެރިވުމަށް ހުޅުވާލައި އިޢުލާންކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.gle/nTX4sV5m2QJBL48A9

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

01 ޖޫން 2026
ހޯދާ