މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ ޚިދުމަތް ވަންގަވް ޕޯޓަލްއަށް ބަދަލުކުރުމާއި ގުޅޭ

އިޢުލާން

"ދިރިތި" ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެމުންދާ "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ" ޚިދުމަތް، 7 ޖޫން 2026އިން ފެށިގެން "ވަން ގަވް" ޕޯޓަލްއަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.  

އެހެންކަމުން، 3 ޖޫން 2026 ވަނަ ދުވަހުގެ 14:00އިން ފެށިގެން ދިރިތި ޕޯޓަލްއިން މި ޚިދުމަތް މެދުކަނޑާލާނެ ކަމަށާއި މީގެ ފަހުން މި ޚިދުމަތަށް އެދި ހުށައެޅޭނީ 7 ޖޫން 2026އިން ފެށިގެން ވަން ގަވް ޕޯޓަލްއިން ކަމުގައި ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ. މި މުއްދަތުގެ ތެރޭގައި ދިރިތި ޕޯޓަލްގައި ދަފްތަރުކޮށްފައިވާ ފަރާތްތައް ވަން ގަވް ޕޯޓަލްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ވެސް ދަންނަވަމެވެ. މި ކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަދި 3034221އަށް ގުޅުއްވުން އެދެމެވެ.

01 ޖޫން 2026
ހޯދާ