ދިވެހިރާއްޖެ
އިޢުލާން
ހުރާ ކައުންސިލްގެ 04 ވަނަ މަދަހަ މުބާރާތް:
މިކައުންސިލުން ރަށު ފެންވަރުގައި ބާއްވާ "ހުރާ ކައުންސިލްގެ 04 ވަނަ މަދަހަ މުބާރާތް 1447" 25 ޖޫން 2026 އިން 27 ޖޫން 2026 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ބޭއްވުމުގެ މަޤްޞަދަކީ، ހުރާގައި އެކުވެރިކަން އާލާ ކުރުމާއި ޒޯންތަކުގެ ވާދަވެރިކަން ފެތުރުމަށް މަސައްކަތްކުރުމެވެ.
މިމުބާރާތް ބޭއްވުމަށް މިކައުންސިލުން ނިންމާފައިވަނީ މުބާރާތް ބޭއްވުމުގެ ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާންކުރުމަށްފަހު، އެކަމަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އެކަމަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށްފަހު އެފަރާތަކާއި މުބާރާތް ރާވާ ހިންގުމުގެ މަސައްކަތް ހަވާލުކޮށްގެންނެވެ. އެހެންކަމުން، ހުރާ ކައުންސިލްގެ 04 ވަނަ މަދަހަ މުބާރާތުގެ އިންތިޒާމްތަށް ހަމަޖެއްސެވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖޫން 2026 ވާ ބުދަ ދުވަހުގެ މެންދުރު 11:45 އަށް މިކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ފިތުރޯނުމަގު، ކ. ހުރާ
ފޯން : 6640074
އީމެއިލް: [email protected]
