މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސުޕަވައިޒަރ - މިފްކޯ މަސްފިހާރަ - ސ.ހިތަދޫ / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމްއަށް މީހަކު ހޯދަން ބޭނުންވެއެވެ..

މަޤާމު:

ސުޕަވައިޒަރ

ބޭނުންވާ ޢަދަދު

01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިފްކޯ މަސްފިހާރަ - ސ.ހިތަދޫ / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް 

އަސާސީ މުސާރަ:

     4.600.00 ރުފިޔާ      

އިތުރު ޢިނާޔަތްތައް:

 ސާރވިސް އެލަވަންސް:2،760.00ރުފިޔާ (ބޭސިކް މުސާރައިގެ %60)

 މިނިމަމް ވޭޖް އެލަވަންސް: 2،530.00ރުފިޔާ (ބޭސިކް މުސާރާގެ%55)

އިތުރު ޢިނާޔަތްތައް:

 އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އޭ ލެވެލް ހާސިލްކޮށްފައިވުން.

މަގާމާގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

 ފިހާރައިގެ ދުވަހުުން ދުވަހަށް ހިނގާ ކަންކަމާއި މުވައްޒަފުންގެ މަސައްކަތްތައް ބަލައި ސުޕަވައިޒްކުރުން.

  • ފެންވަރު ރަނގަޅު ކަސްޓަމަރ ސަރވިސްއެއް ކަށަވަރުކުރުމާއި، ކަސްޓަމަރުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުން.
  • ވިޔަފާރީގެ ކުރިއެރުން (ސޭލްސް ޕާފޯމަންސް) ހުރިގޮތް ބެލުމާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް (ޓާގެޓްތަކަށް) ވާސިލުވުމަށް އެހީތެރިވުން.
  • ސްޓޮކް ހުރި މިންވަރު ބެލެހެއްޓުމާއި، އިންވެންޓްރީ ބެލެހެއްޓުމާއި، މުދާ އަތުރާފައި ހުންނަ ގޮތް ތަރުތީބުކުރުން.
  • ފައިސާގެ މުއާމަލާތްތައް ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ފައިސާގެ ހިސާބުތައް ދިމާކުރުން.
  • މުވައްޒަފުންގެ ޑިއުޓީ ތާވަލު (ޝެޑިއުލް) ތައްޔާރުކުރުމާއި ހާޒިރީ ބެލެހެއްޓުން.
  • ފިހާރައިގެ މުވައްޒަފުންނަށް ތަމްރީނާއި، އިރުޝާދާއި، އެހީތެރިކަން ފޯރުކޮށްދިނުން.
  • ފިހާރައިގެ ސާފުތާހިރުކަމާއި، ރައްކާތެރިކަމާއި، ކުންފުނީގެ މިންގަނޑުތައް ހިފެހެއްޓުން.

ފިހާރައިގެ ހިންގުމާ ބެހޭ ރިޕޯޓުތައް ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށަހެޅުނ

އިންޓަރވިއުކުރުން:

 އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

 ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

- ޕޮލިސް ރިޕޯރޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

 ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

 ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 4 ޖޫން 2026 ވަނަ ދުވަހުގެ ހެނދުނު 9:00ގެ ކުރިންނެވެ.

 މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

 

ނޯޓްމިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932 އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

01 ޖޫން 2026
ހޯދާ