މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް

މަޤާމު:

އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް

މަޤާމުގެ ނަންބަރު:

J-379937

ބޭނުންވާ އަދަދު:

1  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 8  ( ސްޓެޕް 1)

މަޤާމުގެކްލެސިފިކޭޝަން:

-

ވަޒީފާއަދާކުރަންޖެހޭތަން:

މުނިސިޕަލް އެންޑް އިންފްރާސްޓްރަކްޗަރ މެނޭޖްމެންޓް ޔުނިޓް/ނ.މާފަރު ކައުންސިލް އިދާރާ

މުސާރަ:

11،620.00 ރ

މަޤާމުގެ އެލަވަންސް

5،420.00 ރ

އެހެނިހެންއެލަވަންސް:

  1. މަސައްކަތަށް ހާޟިރުވާ ކޮންމެ ދުވަހަކަށް 145ރ.
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުމާއި، ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ރަށުގެ ޕްލޭނިންގއާއި ތަރައްޤީގެ ދާއިރާގެ އެންމެހާ ކަންކަން ވިލަރެސްކުރުވައި، އަދި އެޚިދުމަތް ދިނުމަށް ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ހިގާނުހިގާގޮތް ބަލައި ސްޕަވައިޒްކޮށް އިސްލާޙުކުރަންޖެހޭ ކަންކަން އިސްލާޙުކޮށް ނަތިޖާ ނެރެވޭގޮތަށް މަސައްކަތްތަކާއި ޕްރޮގްރާމްތައް އިންތިޒާމްކުރުވައި ހިންގުން.
  3. ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭނާއި އެކްޝަން ޕްލޭންގައިވާ ކަންތައްތަކަށް ރިއާޔަތްކޮށް އެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ރޭވިފައިވާ ހަރަކާތްތައް ކައުންސިލްގެ ނިންމުންތަކާއި އެއްގޮތަށް ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމުގައި (އަދި އެ މަޤާމުގެ މަސްޢޫލިއްޔަތާއި ޙަވާލުވެ ހުންނަވާ) ފަރާތަކުން އަންގާ ގޮތެއްގެ މަތިން އެ ފަރާތެއްގެ އިރުޝާދާއި ލަފާއެކު ހިންގުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި އެހެނިހެން މުވައްޒަފުންނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުމާއި ރިޕޯޓް ކުރުން.
  4. ޔުނިޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭނެ ކަންކަން ދިރާސާކުރުމުގައި އެހީތެރިވުމާއި ނަތީޖާ ނެރުމަށްކުރެވޭ ކަންކަމުގައި އެއްބާރުލުން ދިނުމާއި ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި އަމިއްލަ އިސްނެގުމާއެކު ހަރަކާތްތެރިވުން.
  5. ޔުނިޓުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމާއި މުވައްޒަފުންނާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ސެކްރެޓަރީ ޖެނެރަލް އަދި ސެކްޝަންގެ އިސްވެރިޔާއަށް ރިޕޯޓްކުރުން.
  6. ޔުނިޓްގެ މަސައްކަތްތަށް ރާވާލެވިފައިވަނީ ކައުންސިލާއި ރަށަށް އެންމެ ފައިދާހުރި ގޮތެއްގައިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި ބައްދަލުވުންތައް ބޭއްވުމާއި ޔުނިޓްގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  7. ރަށުގައި ހިންގާ ޕްރޮޖެކްޓްތަކާ ގުޅިގެން އާންމުންނާއި ރަށުގެ މަގުތަކާއި މުދަލަށް ގެއްލުން ނުވާކަން ކަށަވަރުކުރުމާއި އެފަދަ ކަންކަމާ ގުޅިގެން އަޅާނެ ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އެކުލަވާލާ ތަންފީޒުކުރުން.
  8. ޔުނިޓްގެ މަސައްކަތްތަކާ ގުޅިގެން އާންމުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި އެފަދަ ބައްދަލުވުންތަކުގައި ޔުނިޓްގެ އިސްވެރިއެއްގެ ގޮތުން ތަމްސީލްކުރުން.
  9. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ވަޒީފާއާއި ބެހޭ ޤާނޫނާއި ދިވެހި ސިވިލް ސަރވިސް ގެ ޤާނޫނާއި ޤަޥާޢިދާއި ކޯޑް އޮފް ކޮންޑަކްޓާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ވަޒީފާގެ އެއްބަސްވުމާއި ޚިލާފު ނުވާގޮތަށް ސިވިލްސަރވިސް މުވައްޒަފެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުން.
  10. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ވަޒީފާއާއި ބެހޭ ޤާނޫނާއި ދިވެހި ސިވިލް ސަރވިސް ގެ ޤާނޫނާއި ޤަޥާޢިދާއި ކޯޑް އޮފް ކޮންޑަކްޓާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ވަޒީފާގެ އެއްބަސްވުމާއި ޚިލާފު ނުވާގޮތަށް ސިވިލްސަރވިސް މުވައްޒަފެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުން.
  11. ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، ޔުނިޓްގެ މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ބަހާލުމާއި މަސައްކަތްތަކަށް ދަތިނުވާނެ ފަދައިން މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މުވައްޒަފުންނަށް ފަހި، އަމާން އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  12. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި އުޞޫލުތަކުގެ ދަށުން ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ ކަންކަން ބެލެހެއްޓުމުގައި ސެކްރެޓަރީ ޖެނެރަލް އަށް އެހީތެރިވެދިނުން.
  13. ރަށުގެ މިސްކިތްތައް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިންތިޒާމުކޮށް ކުރިޔަށް ގެންދިޔުން.
  14. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ އަދި އިދާރާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުޞޫލުތަކާއި މިންގަނޑުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގެ މަސައްކަތް ރާވައި، ހިންގައި ބެލެހެއްޓުން.
  15. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  16. ކައުންސިލްގެ ބޭނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި ރިޕޯޓުތައް އެކުލަވާލުމާ ބެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

1 މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ،

.2 މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ

ލިބިފައިވުން.

މަޤާމުގެތަޢުލީމީރޮނގުތައް:

ސިވިލް ސަރވިސް ކޮމިޝަނުން އާންމުކޮށްފައިވާ "ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގުތައް" ގައި ހިމެނޭ ތަޢުލީމީ ދާއިރާތައް

Disciplines of Council Officers_15.07.2025s5pbq4m4.35t.pdf

މަޤާމުގެމަސައްކަތުގެދާއިރާތައް:

  •   އެޑްމިނިސްޓްރޭޝަން
  • -          މެނޭޖްމަންޓް
  • ޕްރިފަރޑް ޑިސިޕްލިންގ:
  • -          ނެތް

 

ހުށަހަޅަންޖެހޭލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 ޖޫން 2026 އާއި 14 ޖޫން 2026 އާއި ދެމެދު، ނ.މާފަރު ކައުންސިލްގެ އިދާރާގައެވެ.

 

މަޤާމަށް ޕޮއިންޓް ދިނުމުގެ ކްރައިޓީރިއާ

  • އަސާސީ ޝަރުތު ހަމަވުން (30%)
  • އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް (5%)
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (5%)
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ  (5%)
  • އެސެސްމެންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް  )  (15%)
  • ޕްރެޒެންޓޭޝަން   (10%)
  • އިންޓަރވިއު                          (30%)

 

  1. އިންޓަރވިއު، އެސެސްމެންޓް އަދި  ޕްރެޒެންޓޭޝަނަށް ކަނޑައަޅާފައިވާ ޖުމުލަ  ޕޮއިންޓްގެ ތެރެއިން މަދުވެގެން 30  (ތިރީސް) ޕޮއިންޓް ލިބުން؛ އަދި
  2. މަޤާމަށް ކަނޑައަޅާފައިވާ (މި އުޞޫލުގެ 12.5 ވަނަ މާއްދާގެ (ހ) ގައިވާ) ކްރައިޓީރިއާގެ ހުރިހައި ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) ޕޮއިންޓް ލިބުން

 

"ވަޒީފާއަށްކުރިމަތިލީފަރާތްތަކަށްޕޮއިންޓުލިބުނުގޮތުގެޝީޓް (A2ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަA2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560005 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

01 ޖޫން 2026
ހޯދާ