ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ވޭސްޓް މެނޭޖްމަންޓް ލޭބަރ ގްރޭޑް 1)

މަޤާމު:

ވޭސްޓް މެނޭޖްމަންޓް ލޭބަރ ގްރޭޑް 1

މަޤާމުގެ ނަންބަރު:

 J-39716

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް-1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ/ ވޭސްޓް މެނޭޖްމަންޓް ސެންޓަރ

މުސާރަ:

 8,020 ރުފިޔާ

ސަރވިސް އެލަވަންސް:

-          1- ހާޒިރީ އެލަވަންސް - -/65 ރުފިރާ

-          މަޤާމުގެ އެލަވަންސް: -/ 2410 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސަރވިސްގެ މުވައްޒިފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ގޭބިސީތަކާއި ކޮމާޝަލް ތަންތަނުގައި އުފެދޭ ޢާއްމު ކުނިނެގުން.

2. ކުނި އަޅާ ޑަސްބިންތައް ކުނި އުފުލާ ޕިކަޕުތެރެއަށް ހުސް ކުރުން.

3. ކުނި އުފުލާ ޕިކަޕުން ކުނިއަޅާ ސަރަޙައްދަށް ކުނިތައް ބޭލުން.

4. ކުނި ނެގުމަށް ބޭނުންކުރާ ސާމާނު ރައްކާތެރިކަމާއެކު ސާފުކޮށް ބެލެހެއްޓުން.

5. ކޮންމެ ދުވަހަކުނަގާކުނި، ކުނި އެންދުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން އެންދުން.

6. އިދާރާގެ ފަރާތުން ހިންގާ ކުނިނައްތާލުމުގެ ޕްރޮގުރާމުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ގޭގެއާއި ތަންތަނުގައި އުފެދިފައި ހުންނަ ކުނި ގޭގެއާއި ތަންތަނުން ނެގުމާއި، ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ޖަމާކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

7. ދަގަނޑާއި، ޕްލާސްޓިކް، ބިއްލޫރި، (ބަދިގެ) ކުނިވާޒާތުކުނި، އަދި ފަތް ކުނި ވަކިކޮށް، އަދި ނެޕީ. ފަސޭހައިން ޕިކަޕުގައި ގެންގުޅެވޭނެ ގޮތެއްގެމަތިން ޕިކަޕަށް ކުނި ލޯޑްކުރުން.

8. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ވަކިކުރާ ކުނީގެ ބާވަތްތަކުގެ ތެރެއިން ދަގަނޑުގެ ބާވަތްތައް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކުނިބެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނުގައި ތަރުތީބުކޮށް ބެހެއްޓުމުގެ މަސައްކަތް ކުރުން.

9. ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ގެންދާ ދަޅާއި، ފުޅި، ދަޅުފިއްތާ މެޝިނުންފިއްތުމާއި ޕެކުރުމުގެ މަސައްކަތް ކުރުން.

10. ކުނިގޮނޑު ހުޅުވާ ބަންދުކުރުމާއި ކައުންސިލުން ކަނޑައަޅާ އުސޫލާ އެއްގޮތައް ގޭޓުފީނެގުން.

11. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ޖަމާކުރެވިފައި ހުންނަ ކުނި ރަށުން ބޭރަށް ގެންދިއުމަށް، ކުނި ބަރުކުރުމުގެ މަސައްކަތް ކުރާ ދުވަސްތަކުގައި ކުނިގެންދާ ފަރާތުން އެދޭ އެންމެހައި މަސައްކަތްކުރުމަށް އިދާރާއިން ހަމަޖައްސާ އުޞޫލާއި އެއްގޮތަށް އެފަދަ މަސައްކަތްތައް ކުރުން.

12. ކުނި އަޅާ ސަރަހައްދުގައި ޖަމާކުރެވިފައި ހުންނަ ކުނި އަށި މައްޗަށް އަޅާ އެންދުން (ކުނި އަންދަންވާނީ މޫސުމަށް ބެލުމަށް ފަހު ރަށުތެރެއަށް އަދި މީހުން ދިރިއުޅޭ ގޭގެއާއި ތަންތަނަށް ދުމުގެ އަސަރު ނުފޯރާނެގޮތެއްގެ މަތިންނެވެ.)

13. އިދާރާގެ ފަރާތުން ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތައް ކުރުވުމަށް ކަނޑައަޅާ އިސްވެރިއެއްގެ ލަފާގެ މަތިން ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

14. ޕިކަޕް ދުއްވުން (ޑުރައިވަރު ޗުއްޓީ، ސަލާމް،އޮފްގައި ހުންނަ ހާލަތުގައި، ލައިސެންސް އޮތްނަމަ)

15. ކުނިކޮއްޓަށް ގެންދާ ކުނީގެ ތެރެއިން ކުނިވާޒާތުގެ ކުންޏާއި ނެޕީ ފަދަ ތަކެތި ދުވަހުން ދުވަހަށް ނައްތާލުން.

16. ކުނިކޮށްޓަށް ގެންދާކުނި ދުވަހުން ދުވަހަށް އެންދުމާއި، ދަގަނޑު، ބިއްލޫރި އަދި ޕުލާސްޓިކު ފަދަ ތަކެތި ވަކިކޮށް އިދާރާއިން ދައްކާ ތަނެއްގައި ބެހެއްޓުމުގެ މަސައްކަތް ކުރުމާއި،
ކުނި މެނޭޖްކުރުމާއިބެހޭ ޢަމަލީ މަސައްކަތްތައް ކުރުން.

17. ކައުންސިލުން އަންގާގޮތެއްގެމަތިން ކައުންސިލްގެ ޕިކަޕް ދޮވެ ސާފުކުރުމާ ތެޔޮ އުނގުޅާ ބެލެހެއްޓުން.

18. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި   

19.  ކުނިކޮށްޓާއި ކުނިކޮށްޓަށް ދިއުމަށް ހެދިފައިވާ މަގު ސާފުކޮށް ބެލެހެއްޓުން

20. ކައުންސިލުން ހަމަޖައްސާ/އަންގާ ގޮތެއްގެ މަތިން ރަށުގެ މަގުތައް ކޮށާ އޮފިތައް ކުނިކޮށްޓަށް ގެންދިއުމުގެ  މަސައްކަތް ކުރުން

21. ރަށުގެ މަގުތަކާއި، އާންމު ބިންތަކާއި، އިޖުތިމާއީ ސަރަޙައްދުތަކުގައާއި އަދި ބަނދަރުގައި އުފެދޭކުނި ނަގައި ކުނިކޮށްޓަށް ގެންދިއުމުގެ މަސައްކަތް ކުރުން

22. ކައުންސިލުން އަންގާ ގޮތެއްގެ މަތިން ރަށުގެ މަގުތައް ހުސްބިންތައް އިޖުތިމާޢީ ސަރަޙައްދުތަކާއި ބަނދަރުގައި ނުނަގާ ގިނަދުވަސްވެފައި ހުންނަ ތަކެތި ނެގުން

23. ކުނިކޮށްޓާއި ކުނިކޮށި ވަށައިގެންވާ މަގުތައް ސާފުކޮށް ބެލެހެއްޓުން

 24. ވޭސްޓް މެނޭޖްމަންޓް ކަލެކްޝަންގެ މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި ހިފާގެންގުޅޭ ތަކެތި ރައްކާތެރިކަމާއިއެކުބެލެހެއްޓުން.

25. ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ އިޖުތިމާޢީ މަސައްކަތުގައި ބައިވެރިވުން.

26. ދީނީ އަދި ޤައުމީ މުނާޞަބަތުތަކާއި، ދުވަސްތައް ފާހަގަކުރުމަށް ކައުންސިލުން ކުރާ މަސައްކަތުގައި ބައިވެރިވުން.

27. ޤުދުރަތީ ޙާދިޘާއެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި އިދާރާއިން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތަކު ކުރަންޖެހޭ ކަންކަން ކުރުން

28. ކައުންސިލުގެ ހުރިހާ މުވައްޒަފުން ސާމިލްވެގެން ހިންގާ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން

29. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

 

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން، ނުވަތަ
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގެ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް  ބަލައިގެންނެވެ. ނުވަތަ،
  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ
  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

1. ދިވެހި ރައްޔިތެއް ކަމުގައިވުން.

2. އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

3. މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭފަދަ ފުރިހަމަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ.6

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު"

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އެސެސްޓްމަންޓް (އިންތިޚާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ އިންސައްތަ %70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖޫން 10 ވާ (ބުދަ) ދުވަހުގެ 13:00 ގެ ކުރިން، ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިމްތިޙާން އޮންނާނީ، (15 ޖޫން 2026) އާއި (30 ޖޫން 2026) އާ ދެމެދު، ފާދިއްޕޮޅު އޮޅުވެލިފުށި ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި  އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620075 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.

01 ޖޫން 2026
ހޯދާ