މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހަށް ގަންނަން ބޭނުންވާ ރެޕިޑް ޑްރަގް ޓެސްޓް ކިޓްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި)

 

       މި އޮފީހަށް ގަންނަން ބޭނުންވާ ރެޕިޑް ޑްރަގް ޓެސްޓް ކިޓްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)14-PR/1/2026/29 (12 އެޕްރީލް 2026) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ނަންބަރު (IUL)14-PR/1/2026/29 (12 އެޕްރީލް 2025) އިޢުލާނު ބާޠިލުކޮށް، މި އޮފީހަށް ގަންނަން ބޭނުންވާ ރެޕިޑް ޑްރަގް ޓެސްޓް ކިޓްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

       ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 09 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

       ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ [email protected] އީމެއިލް އަށް 06 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

 

01 ޖޫން 2026
ހޯދާ