ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރ

މަޤާމް :ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރ
ބޭނުންވާ އަދަދު :1

މަޤާމު:

ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

މަޤާމުގެ ރޭންކް:

8

ހަރުފަތް:

1

އަސާސީ މުސާރަ:

މަހަކު 17,808.00 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު 8,311.00 ރުފިޔާ

ހާޒިރީ އިނާޔަތް:

 225.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

ދާއިމީ

އިނާޔަޔްތައް:

  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް
  • ސްޓާފް ޖިމް ފެސިލިޓީ
  • ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާތައް/ ޑިސިޕްލިންތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން، ހަޔަރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓް، ހަޔަރ އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް، ހަޔަރ އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް، ޓާޝަރީ އެންޑް ހަޔަރ އެޑިޔުކޭޝަން، ޓާޝަރީ އެޑިޔުކޭޝަން، އެޑިޔުކޭޝަން މެނޭޖްމަންޓް، ލީޑަރޝިޕް އިން އެޑިޔުކޭޝަން، އެޑިޔުކޭޝަން އެންޓްރަޕްރިނިއަރޝިޕް، ސްކޫލް މެނޭޖްމަންޓް، ސްކޫލް ލީޑަރޝިޕް، އިންކްލޫސިވް އެޑިޔުކޭޝަން، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ސައިކޮލޮޖީ، ޓީޗިންގ، ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން. ރިސާރޗް، ރިސާރޗް ސްޓަޑީޒް، ރިސާރޗް މެތަޑްސް، އެނަލިޓިކްސް، އެޑިޔުކޭޝަނަލް ރިސާރޗް

ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން، ހަޔަރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓް، ހަޔަރ އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް، ހަޔަރ އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް، ޓާޝަރީ އެންޑް ހަޔަރ އެޑިޔުކޭޝަން، ޓާޝަރީ އެޑިޔުކޭޝަން، އެޑިޔުކޭޝަން މެނޭޖްމަންޓް، ލީޑަރޝިޕް އިން އެޑިޔުކޭޝަން، އެޑިޔުކޭޝަން އެންޓްރަޕްރިނިއަރޝިޕް، ސްކޫލް މެނޭޖްމަންޓް، ސްކޫލް ލީޑަރޝިޕް، އިންކްލޫސިވް އެޑިޔުކޭޝަން، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ސައިކޮލޮޖީ، ޓީޗިންގ، ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން. ރިސާރޗް، ރިސާރޗް ސްޓަޑީޒް، ރިސާރޗް މެތަޑްސް، އެނަލިޓިކްސް، އެޑިޔުކޭޝަނަލް ރިސާރޗް

ތަޢުލީމީ ރޮނގުތައް: (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)

ޕްރިފަރޑް/ ކޯޑިސިޕްލިންތައް: (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)

މަޤާމުގެ މަސްއޫލިއްޔަތު:

ކޮލިޓީ އެޝުއަރެންސްއާއި ގުޅޭމަސައްކަތް

  1. ކޮލިޓީ އެޝުއަރެންސް މަސައްކަތްތައް އެހީތެރިވުން: އެކަޑަމިކް ކޮލިޓީ އެޝުއަރެންސްގެ މަސައްކަތްތައް ރޭވުމާއި ވިލަރެސްކުރުމުގައި އެހީތެރިވުން. މީގެ ތެރޭގައި ކޮލިޓީ އެޝުއަރަންސް އަދި ސަސްޓޭނަބިލިޓީއާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، ބޭނުންތައް ދެނެގަތުމާއި، އަދި އިސްތިރާޖީ ރޭވުންތަކަށް އެއްބާރުލުން ދިނުން ހިމެނޭ
  2. ސްޓޭކްހޯލްޑަރުންނާ ގުޅުން  ބަދަހި ކުރުމާއި ބޭއްވުން: ޔުނިވަރސިޓީގެ އެކަޑަމިކް ކޮލިޓީ މިންގަނޑުތައް ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި، ކަމާގުޅޭ ފަރާތްތަކާއެކު މުޢާމަލާތްކުރުމާއި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުން. އަދި މިފަދަ ހަރަކާތައް ތަރައްގީކުރުމަށް ހިޔާލު ހުށައަޅާ ރާވާ ހިންގުން.
  3. އެކަޑަމިކް މޮނިޓަރިންގ އަދި ކޮމްޕްލަޔަންސް: މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް (MNQF) އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށްޓަކައި، އެކަޑަމިކް ކޯސްތައް މޮނިޓަރކޮށް އިވެލުއޭޓްކުރުމުގައި ކޮލިޓީ އެޝުއަރެންސް މަސަތްކައްތަކުގައި އެހީތެރިވުން.
  4. ސިޔާސަތުތައް މުރާޖަޢާކުރުމާއި އެކުލަވާލުމުގައި އެހީތެރިވެދިނުން: ޔުނިވަރސިޓީގެ އެތެރޭގެ އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، އެކަޑަމިކް އަދި ކޮލިޓީ އެޝުއަރެންސް ސިޔާސަތުތައް މުރާޖަޢާކުރުމާއި، ދިރާސާކުރުމާއި، އަދި ތަންފީޒު ކުރުމުގައި އެހީތެރިވުން.
  5. ސިޔާސަތުތައް ފަރުމާ ކުރުމާއ، މުރާޖަޢާކުރުމާއި، ތަންފީޒުކުރުމާއި އަމަލުކުރާ މިންވަރު ބެލުމުގައި އެހީތެރިވުން: ސިޔާސަތުތައް ތައްޔާރު ކުރުމާއި މުރާޖައާ ކުރުމުގައި އަދި ފާސްކޮށްފައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެހީތެރިވުމާއި، ހުރިހާ ފެކަލްޓީތަކަކުން އެއްގޮތަކަށް އެ ސިޔާސަތުތަކަށް އަމަލުކުރޭތޯ ބަލައި މޮނިޓަރކުރުމުގައި މަސަތްކައް ކުރުން. އަދި  ޔުނިވަރސިޓީފެ ސިޔާސަތުތަކާ ގުޅުންހުރި ގޮންޖެހުންތައް ދެނެގަނެ، އިސްވެރިންނަށް ރަނގަޅު ނިންމުންތައް ނިންމުމަށް ބޭނުންވާ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ލަފާއާއެކު މަޝްވަރާކޮށް ހުށައެޅުން.

ކިޔަވާދިނުމާގުޅޭމަސައްކަތް

  1. އެކަޑަމިކް ލީޑަރޝިޕް އަދި ހިއްސާ: ކިޔަވައިދިނުމާއި، ދިރާސާކުރުމާއި، އަދި އެކަޑަމިކް ތަރައްޤީގެ މަސައްކަތްތަކުގައި ބައިވެރިވުން. މީގެ އިތުރުން، މެދުނުކެނޑި ފެންވަރު ރަނގަޅުކުރުމުގެ ސަގާފަތެއް އަދި ދެމެހެއްޓެނިވި ޔުނިވަރސިޓީއެއް ބިނާކުރުމަށް އިސްނެގުމާއި އެކު މަސައްކަތްކުރުން.

އިދާރީ އަދި އެހެނިހެން މަސައްކަތް

  1. ރިޕޯޓްކުރުމާއި ލިޔެކިޔުން ބެލެހެއްޓުން: ކޮލިޓީ އެޝުއަރެންސްގެ މަސައްކަތްތަކަށާއި މުއައްސަސާގެ ނިންމުންތަކަށް ބޭނުންވާ ރިޕޯޓުތައް ތައްޔާރުކުރުމާއި، ޑޭޓާ އެނަލައިޒް ކުރުމާއި، ފުރިހަމަ ލިޔެކިޔުންތައް ބެލެހެއްޓުން.

* މި ބައިގައި މިވަނީ މި މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތެވެ. މި ވަޒީފާ އަށް ހޮވޭ ފަރާތަށް ވަޒީފާ ހަވާލުކުރާއިރު ފުރިހަމަ ވަޒީފާ ބަޔާނެއްގައި ސޮއިކުރެވޭނެއެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް. ވަކި ވަކިން ތާރީޙް ނޭގޭ ލިޔުންތައް މަސައްކަތުގެ ތަޖްރިބާ ގުނުމުގައި ބޭނުން ނުކުރެވޭނެއެވެ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު. ރާއްޖޭގެ އިންސްޓިޓިއުޓަކުން/ކޮލެޖަކުން ހަދާފައިވާ ރާއްޖޭއިން ބޭރުގެ ސެޓިފިކެޓްތައް ހުންނަންވާނީ އެކްރެޑިޓް ކޮށްފައެވެ.)
  6. ޕާސްޕޯޓް ސައިޒް ފޮޓޯ

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އެސަސްމަންޓް ހަދައިގެން.
  4. ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އަސާސީ ޝަރުޠު ހަމަވުމުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

-

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް – ޕްރެޒެންޓޭޝަން / ޕްރެކްޓިކަލް

15

އިންޓަރވިއު

50

 

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމެންޓަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެސެސްމަންޓް އިން %50 ލިބުމާއެކު އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 ޖޫން 07 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2026-87

 

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް، އޮންނާނީ 2026 ޖޫން 08  އާ 2026 ޖުލައި 07 އާ ދެމެދުއެވެ. އިންޓަވިއު އަދި އެސެސްމެންޓް އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (R2 ޝީޓު އާންމުކުރުން)

  1. އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން  5 ދުވަހުގެ ތެރޭގައި ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  2. އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (R2 ޝީޓް) ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  3. ސްކްރީނިންގ ޝީޓު އަދި R2 ޝީޓް އާއި ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ ފޮނުއްވާނީ ޔުނިވަރސިޓީގެ އީ-މެއިލް[email protected]  އަށެވެ.

ސަމާލުކަމަށް:

 

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ. މަގާމަށް އެދި ހުށަހަޅާއިރު އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖެހުމަކީ ލާޒިމްކަމެއްނޫނެވެ.
  3. ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  4. ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  5. އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
  6. ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  7. އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  8. މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

އިތުރު މަޢުލޫމާތު:

  1. މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  2. މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
31 މޭ 2026
ހޯދާ