އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހެލްތް ކެއަރ އެޓެންޑެންޓް ގްރޭޑް 1

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ދިވެހިރާއްޖެ

ހެލްތް ކެއަރ އެޓެންޑެންޓް ގްރޭޑް 1
(IUL)URH/URH/2026/61


އިޢުލާނު

 

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ހެލްތް ކެއަރ އެޓެންޑެންޓް ގްރޭޑް 1

މަޤާމުގެ ނަމްބަރު:

J-451376, J-451378

ބޭނުންވާ އަދަދު:

02 (ދެއެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޕީ.އެސް 1  - ސްޓެޕް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މުސާރަ:

-/8255 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/2475 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 ނޮވެމްބަރ 2025 އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

3. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/65 ރުފިޔާ

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

          

  1. ބަލިމީހުންނަށް ނާރސިންކެއަރ ދިނުމުގައި ނަރުހުން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  2. ލޭބަރޫމް، ވޯޑު، ޑްރެސިންރޫމްފަދަ ތަންތަނުގައި އެޑްމިޓް ކުރެވޭ ބަލިމީހުންގެ ކަންތަކުގައި ނަރުހުންނަށް އެހީތެރިވުމާއެކު، ޑްރެސިންރޫމްފަދަ ތަންތަނުން ނައްތާލަންޖެހޭކުނި ރައްކާތެރި ގޮތުގައި އިންސިނަރޭޓް ކުރުން.
  3. ކްލިނިކަލް އޭރިޔާ ސާފުކުރުމަށް ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި ކްލިނިކް އޭރިޔާގެ ތެރޭގައި ހުންނަ ފަރުނީޗަރާއި، މެޝިނަރީފަދަ ތަކެތި ފޮޅާ، ފޮހެ ސާފުކުރުން.
  4. ހޮސްޕިޓަލްގައި ހުންނަ އެނދުތަކުގެ ތަންމަތި އެޅުމާއި. ތަންމަތި ބަދަލުކުރުމާއި، އެދުތައް ޑިސްއިންފެކްޓް ކުރުން.
  5. ބަލިމީހުންނަށް ބޭނުންކުރާ އިކްއިޕްމެންޓްސްފަދަ ތަކެތި ދޮވެސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރައިލްކުރުން.
  6. އެން.އައި. ސީ. ޔޫ، އައި. ސީ. ޔޫ، އޮޕަރޭޝަން ތިއޭޓަރ، ލޭބަރ ރޫމް، ޑައިލައިސިސް، ފިޒިއޯތެރަޕީ ޑިޕާރޓްމަންޓް އަދި ލެބޯޓަރީގެ އެތެރޭގައި ބޭނުން ކުރެވޭ ފައިވާންތައް ދޮވެ ފައިވާން ހަރުތަކުގައި ބެހެއްޓުން.
  7. އެން.އައި. ސީ. ޔޫ، އައި. ސީ. ޔޫ، އޮޕަރޭޝަން ތިއޭޓަރ، ޑައިލައިސިސް، ލޭބަރ ރޫމް އަދި ލެބޯޓަރީ ކުނިކަހާ ފޮޅާ ސާފުކޮށް ކުނިހުސްކޮށް، ލެބޯރޓަރީ އާއި ޑެންޓަލްގައި ބޭނުން ކުރެވޭ ތަކެތި ދޮވުން.
  8. ބޭނުންކުރެވިފައި ހުންނަ ބެޑްޕޭން، ޔޫރިނަލް ފަދަ ތަކެތި ކޮންމެދުވަހަކުވެސް ދޮވެ ސާފްކުރުން އަދި ފާހާނާތަކުގައި ތައްޓެއް (ކިޑްނީ ޓްރޭ ނުވަތަ ބަވްލް، ބޭސިންގ) ވާނަމަ ދޮވެ ސާފުކުރުން.
  9. ބަލިމީހުނަށް ބޭނުންކުރެވޭ ތޫނު ކަށި، ތިލަ ފަދަ ތަކެތި (ޝާޕްސް) ނައްތާލުން.
  10. ވޯޑްތަކުން ލެބޯޓަރީ އަށް ފޮނުވަންޖެހޭ ސާމްޕަލްތައް ގެންދިއުން.
  11. ސްޓޮކުން ގެނެވޭތަކެތި ޑިޕާރޓްމަންޓްތަކަށް ގެންގޮސް ހަވާލު ކުރުން.
  12. ކްލިނިކް އޭރިޔާ ސާފުކުރަން ހަމަޖެހިފައި އޮންނަ ގަޑިތަކުގައި ކްލިނިކް އޭރިޔާ ކުނިކަހާ މޮޕްއަޅާ ސާފުކުރުން. އަދި ޑަސްބިންތައް ނެގުމާއި އެތަކެތި ސާފުކުރުން.
  13. ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންކުރާ ސާމާނު ތަކާއި ސިންކުތައް ދޮވެސާފުކުރުމާއި ޑެންޓަލްގައި ބޭނުންކުރާ ތަކެތި ދޮވެ ސާފުކުރުމާއި ސިންކުތައް ސާފުކުރުން.
  14. ހޮސްޕިޓަލްގެ އެކި ސެކްޝަންތަކަށް ބޭނުންވާ އެކި ވައްތަރުގެ ފޮއްޗާއި ގައުން އަދި ސްކްރަބް ފަދަ ތަކެތި ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން.
  15. ހޮސްޕިޓަލަށް ބޭނުންވާ ލިނަން (ޕެކިން ޝީޓް، ގައުން، ސްކްރަބް) ފަދަ ތަކެތި ވޯޑް މެނޭޖަރގެ ލަފާގެ މަތިން ފެހުމާއި، ފެހުމަށް ބޭނުންވާ އެންމެހައި ތަކެތި ޑިޕާޓްމަންޓް ތަކާއި ގުޅިގެން ހޯދުން.
  16. ހޮސްޕިޓަލުގައި ގެންގުޅޭ ލޯންޑްރީން ދޮންނަންޖެހޭ ތަކެތި ލޯންޑްރީއަށް ގެނައުމުން އެތަކެތި ދޮންނަންވާ ފެންވަރުތަކާއި ސައިޒްތަކަށް ބައިކުރުން. ދޮވުމަށްޓަކާ އެކިވައްތަރު ހުރިނަމަ އެތަކެތި ވަކިކުރުން. (ކުލައެއްޗާއި ހުދު އަދި ރަބަރޝީޓް ވަކިކުރުން.) އަދިބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި ވަކިކޮށް ދޮވުން.
  17. ވޯރޑްތަކުން ގެންނަތަކެތި ލޯންޑްރީ ސީޓްގައި ލިޔެގެން ގެންނަ ޢަދަދަށް ހުރިތޯބެލުމާއި އެއަދަދަށް ތަކެތިހުރިނަމަ އެތަކެތި ބަލައިގަނެ އެތަކެތި ގެނައި ގަޑިއާއި ތާރީޚް އަދި ބަލައިގަތްފަރާތުގެ ނަންޖެހުމަށްފަހު އިތުރުމައްސަލައެއް ފާހަގަ ކުރެވޭނަމަ ޑިއުޓީ ސްޕަރވައިޒަރަށް އެންގުން.
  18. ބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި ދޮވުމަށް ޚާއްޞަ ކުރެވިފައިވާ މެޝިނަކުން އެތަކެތިދޮވުން. އަދި ދޮވެނިމި މެޝިނުން ތަކެތި ނަގާއިރު ރަނގަޅަށް ދޮވެވިފައި ހުރިތޯޗެކްކުރުން. ރަބަރ ޝީޓްތަށް ޓޭންކަށް އަޅައިގެން ދޮވުމަށްފަހު އެކަމަށް ހާއްސަކުރެވިފައިވާ ގޮތުގެމަތިން ހިއްކަން އެޅުން.
  19. ހޮސްޕިޓަލްގެ ވީ.އައި.ޕީ ހުރިހާ ރޫމް ތަށް ސާފްކުރުމާއި ވީ.އައި.ޕީގެ އުނދޯލި އަދި ފެންޑާ ސާފުކޮށް ބެލެހެއްޓުމާއެކު ވަށައިގެން ބެހެއްޓިފައިވާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  20. ހޮސްޕިޓަލުގެ ގޯތިތެރޭގައި ހުންނަ ރުއްގަސް ސާފުކޮށް ކޮށާ ހެދުން އަދި ގޯތިތެރޭގައި ހައްދާ ގަސްތައް ފެންދީ ބެލެހެއްޓުމާއެކު ގޯތިތެރެއާއި އިމާރާތް ފޮޅާ ސާފުކޮށް ކުނިއުކުން.
  21. ހޮސްޕިޓަލުން ބާއްވާ ބައްދަލުވުންތަކަށް މީޓިން ރޫމުތަކާއި ހޯލު ތައްޔާރުކޮށް ހެދުން، އަދި ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބާއްވާ އިވެންޓްތަކުގައި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  22. ސިއްޙީ ކުއްލި އިމަޖެންސީތަކާއި ޕެންޑަމިކް އަދި ހާދިސާތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް:

  1. ލިޔަން ކިޔަން އެނގުން.

 ނުވަތަ

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

1-      ޞިއްޙީ ހިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

2-      އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

 

         

 

 

 

 

 

 

 

 

 

 

 

ހުށައަޅަންޖެހޭ ލިޔުންތައް

 

 

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި ހޮސްޕިޓަލްގެ އޮފީހުންނާއި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ. )

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

 

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

 

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން  ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

 

 (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންކްރިޕްޓްގެ ކޮޕީ. ( މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއަދިސިވިލްސަރވިސްޓަރެއިނިންގއިންސްޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން "ބެޗްވެލިޑޭޓް" ކޮށް ދަރިވަރުންނަށްސަނަދުދިނުމުގެހުއްދައެމަރުކަޒަށް ދީފައިވާ ސިޓީ ނަމްބަރު ހިމަނާފައިވާ ނަމައެވެ).

 

6.  މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ  މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި( އަހަރާއި  މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަން ވާނެއެވެ).

 

(ބ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ " އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު".

 

 

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

 

މިމަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖޫން 2026 ވާ ދުވަހުގެ 10:00 ގެ ކުރިން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް  އީ މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.) 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ  ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު ނުވަތަ ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އެސެސްމަންޓް އޮންނާނީ، 08 ޖޫން 2026 ން 30 ޖޫން 2026  އާ ދެމެދު މިހޮސްޕިޓަލުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއު، އެސެސްމަންޓަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި  އެޝަކުވާއެއް [email protected]  ހުށައަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6583706 އެވެ. އީ-މެއިލް ކުރާނ [email protected])) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

           

 

31 މޭ 2026
ހޯދާ