ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދާއިމީ ސަބް ކޮމިޓީތަކުގެ ތެރެއިން އަންނަނިވި ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަޤާމުގެ ޝަރުޠުތަކާއި މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

 

މަޤާމް:

ދާއިމީ ސަބް ކޮމިޓީގެ މެންބަރު

މެންބަރުން ބޭނުންވާ ކޮމިޓީ(ތައް) އަދި ބޭނުންވާ ޢަދަދު:

ޤާނޫނީ ތަޢުލީމު ކޮމިޓީ

ބޭނުންވާ ޢަދަދު: 1

 

އެތިކްސް ކޮމިޓީ

ބޭނުންވާ ޢަދަދު: 4

 

އަސާސީ ޝަރުތުތައް:

 

  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުން؛
  • ޤާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ އަދި
  • ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

ޤާނޫނީ ތަޢުލީމު ކޮމިޓީގެ މަސްއޫލިއްޔަތުތައް:

1.     ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިއަށް ގެންދާ ޤާނޫނީ ތަޢުލީމު ކުރިއެރުވުމުގެ ގޮތުންނާއި، އެ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛

2.     ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޤާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުޤައްރަރާއި، ކޯހުގެ މުއްދަތާއި، އެ ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތަކާ ބެހޭގޮތުން ހަދަންޖެހޭ ގަވާއިދު އެކުލަވައިލުމަށްޓަކައި، އެ ކަމާގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛

3.     ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޤާނޫނު ކިޔަވައިދޭ ކޯސްތަކުގެ ކިޔަވައިދިނުން ބަލައި، އިޞްލާޙު ގެންނަންޖެހޭ ކަންކަމާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛

4.     ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޤާނޫނު ކިޔަވައިދޭ ކޯސްތަކާއި ޕްރޮގްރާމްތަކުގެ އިމްތިޙާނުތަކުގެ އެސެސްމަންޓް ހަދައި، އިމްތިޙާނުތަކުގެ ފެންވަރު ހަރުދަނާ ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛

5.     ބާ ކައުންސިލުން ޤަބޫލުކުރާނެ މަތީ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާ ގުޅޭ ގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުން؛

6.     ޤާނޫނީ ތަޢުލީމު ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

އެތިކްސް ކޮމިޓީގެ މަސްއޫލިއްޔަތުތައް:

  1. ޤާނޫނީ ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ސުލޫކީ މިންގަނޑު ބަޔާންކުރާ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސަތުތައް އެކަށައެޅުމަށްޓަކައި އެކަމުގެ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  2. ޤާނޫނީ ވަކީލުންގެ ޚިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން؛
  3. ޤާނޫނީ ވަކީލުންގެ ޚިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ މައްސަލަތައް ބަލައި، އެ ފަރާތްތަކާމެދު އަޅަންވީ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  4. އެތިކްސް ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

މަޤާމަށް އެދެންވީ ގޮތާއި ހުށަހަޅަންޖެހޭ ތަކެތި:

 

މަޤާމަށް އެދި، އީމެއިލް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅިދާނެއެވެ.

މަޤާމަށް އެދެނީ އީމެއިލް މެދުވެރިކޮށްނަމަ، އަންނަނިވި ލިޔެކިޔުންތައް [email protected] އަށް އީ-މެއިލް ކުރުން އެދެމެވެ. އީމެއިލް ކުރާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ ފީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލްއެއްގެ ގޮތުގައެވެ. ޕީ.ޑީ.އެފް ފޯމެޓް ނޫން އެހެން ފޯމެޓެއްގައި ހުންނަ ޑޮކިއުމަންޓްތައް ނުވަތަ ވަކިވަކިން އެޕްލިކޭޝަނާއެކު އީ-މެއިލްކުރާ ޑޮކިއުމަންޓްތައް ބަލައި ނުގަނެވޭނެއެވެ.

  1. ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ (ކުރިމަތިލާ ކޮމިޓީ ވަކިން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ)؛
  2. މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު؛
  3. ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ؛
  4. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ؛ އަދި
  5. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ދޫކުރާ ކުށާއި ދަރަނީގެ ރިކޯޑު.

މަޤާމަށް އެދި ހުށަހަޅަނީ އޮންލައިންކޮށްނަމަ، އެޕްލިކޭޝަން ހުށަހެޅުމަށް ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމު ފުރައި، ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ، މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ، މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ، އަދި ކުށާއި ދަރަނީގެ ރިކޯޑު އަޕްލޯޑް ކުރުން އެދެމެވެ.

ގޫގްލް ފޯމް އެޕްލިކޭޝަން:Application Form

ސުންގަޑި

މި އިޢުލާނުގައިވާ މަޤާމުތަކަށް އެކަށީގެންވާ ޤާބިލު މީހުން ލިބުމާ ހަމައަށް އިޢުލާނުގައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.

 

24 މޭ 2026
ހޯދާ