ދިވެހިރާއްޖެ
މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑް (މިފްކޯ) ގެ ފަރާތުން ހުޅުމާލެ ވިނަރެސް ޓަވަރުގައި ހުންނަ މި ކުންފުނީގެ ފިހާރައިގެ ސިވިލް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ކޮންޓްރެކްޓަރެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. މި މަސައްކަތް ކުރިއަށްދާނީ މިފްކޯއިން ކަނޑައަޅާފައިވާ އިންޖިނޭރެއްގެ ބެލުމުގެ ދަށުންނެވެ.
މަޢުލޫމާތު ދިނުމުގެ ޝެޝަންއަށްފަހު، ބައިވެރިލެއްވިފަރާތްތަކަށް އާރް.އެފް.ޕީ އީމެއިލް ކޮށްދެވޭނެވާހަކަ ދަންނަވަމެވެ.
|
ވަގުތު |
ތާރީޙް |
ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް |
|
|
މެންދުރު 13:00ގައި |
1 ޖޫން 2026 |
މިފްކޯ ހެޑް އޮފީސް / މީޓިން ރޫމްގައި |
މަޢުލޫމާތު ދިނުމުގެ ސެޝަން |
|
މެންދުރު 13:00ގައި |
1 ޖޫން 2026 |
އީމެއިލް މެދުވެރިކޮށް
|
އިތުރު މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑި |
|
މެންދުރު 13:00ގައި |
07 ޖޫން 2026 |
ބީލަން ފުރިހަމަކުރައްވައި، ހުރިހާ ލިޔެކިޔުންތައް އެއް ކަރުދާސް ކުރުމަށްފަހު، މިފްކޯގެ ހެޑް އޮފީހަށް ހުށައެޅުން |
ބީލަން ހުށަހެޅުން |
މި ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.
ނޯޓް: ބީލަން ފުރިހަމަކުރައްވައި، ހުރިހާ ލިޔެކިޔުންތައް ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު މިފްކޯ ހެޑް އޮފީހަށެވެ. މިނޫން ގޮތަކަށް އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
