މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ބަސްދުއްވުމަށް ދަތިވާގޮތަށް ހުރި ގަސްގަހުގެ އަފިތައް ކޮށުމާއި ގުޅޭ

ނ. ކެނދިކުޅުދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ އިމުން ބޭރަށް ނުކުމެފައިވާ ގަސްގަހުގެ ގޮފިތަކާއި ރުއްރުކުގެ ފަންތަކުގެ ސަބަބުން، މަގުމަތިން ހިނގާބިނގާވެއުޅޭ މީހުންނަށާއި އެއްގަމު އުޅަނދުފަހަރަށް (ޚާއްޞަކޮށް ޕިކަޕް، ލޮރީ، އެކްސަވޭޓަރު އަދި އާރު.ޓީ.އެލް ބަސް ފަދަ ބޮޑެތި އުޅަނދުތައް) ދުއްވުމަށް ބޮޑެތި އުނދަގޫތަކެއްވެ، ގެއްލުން ލިބެމުންދާކަމުގެ ޝަކުވާ މި ކައުންސިލަށް ދަނީ ތަކުރާރުކޮށް ލިބެމުންނެވެ. މީގެ އިތުރުން، ގޯތިތަކުގައި ހައްދާފައިވާ ރުއްގަހުގެ ސަބަބުން އަވަށްޓެރި ގޭގޭގެ ފުރާޅުތަކަށް ކުނިއެޅި އުނދަގޫވުމުގެއިތުރުން، ބައެއް މަގުތަކާއި ގޯޅިތަކުގައި ބަހައްޓާފައިވާ އެކި ބާވަތް ބާވަތުގެ ތަކެއްޗާއި، ދުއްވާފައިވާ އުޅަނދުފަހަރުގެ ސަބަބުން މަގުން ދަތުރުފަތުރުކުރާ އުޅަނދުތަކަށް ދަނީ ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދެއެވެ.

އެގިވަޑައިގަންނަވާނެ ފަދައިން ކެނދިކުޅުދޫގައި އާރު.ޓީ.އެލް ބަހުގެ ޚިދުމަތް ދެމުންދާއިރު، މިޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނީ، ގެއާއި ގޯތީގެ އިމުން ބޭރަށް ހުރި ރުއްގަހުގެ ފަންތަކާއި ގޮފިތައް ކޮށައި ސާފުކޮށްގެން ކަމުގައިވެސް ދަންނަވަމެވެ. އަދިހަމައެހެންމެ، ކުރިއަށް އޮތީ އަޟްޙާ ޢީދު ކަމަށްވެފައި، ޢީދުގެ އެކި ހަރަކާތްތަކާއި ކުޅިވަރުތައް ބޭއްވުމަށް ރަށުގެ ދެ އަވަށުގެ މަގުތައް ބޭނުންކުރާނެތީ، މަގުތަކަކީ އެންމެންނަށް އަމާން އަދި ފަސޭހަ ތަންތަނަށް ހަދަންޖެހެއެވެ.

އެހެންކަމުން، އާންމުންގެ ސަލާމަތާއި ފަސޭހައަށްޓަކައި މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، ރަށުގެ އެންމެހައި ގޯތިގެދޮރުގެ ވެރިފަރާތްތަކުން (ޚާއްސަކޮށް ހުއިވަނީގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުން)، ގޯތިތެރޭގައި ހުއިވަނި އަޅާފައިވާ ގަސްތައް ނައްތާލެއްވުމަށާއި، މަގުތަކަށާއި ވަށައިގެންވާ ގޯތިތަކަށް ފެތުރިފައިވާ ގަސްގަހުގެ އޮފިތައް މިއަދުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޮށައި ސާފުކޮށްދެއްވުމަށް ދަންނަވަމެވެ. އަދި މީގެ އިތުރުން، މަގުތަކާއި ގޯޅިތަކުގައި ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް ހުރި ތަކެއްޗާއި އުޅަނދުފަހަރު އެ ސަރަހައްދުތަކުން ނަންގަވައި، މަގުމަތީގައި އެއްވެސް ބާވަތެއްގެ އެއްޗެއް ނުބެހެއްޓެވުމަށްވެސް މި ފުރުޞަތުގައި އާންމުކޮށް އެންގުމަށް ދަންނަވަމެވެ.

ރަށުގެ އަމާންކަމާއި ރައްޔިތުންގެ ލާބަޔަށްޓަކައި މި ކައުންސިލުން ކުރިއަށްގެންދާ މަސައްކަތްތަކަށް، ރަށުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަބަދުވެސް ދެއްވާ އެއްބާރުލުން ފާހަގަކޮށް، މި ފުރުޞަތުގައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19 މޭ 2026
ހޯދާ