ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްޙާ ޢީދާއި ގުޅިގެން ލ.އިސްދޫގައި ކުޑަކުދިންނަށް ޚަރަކާތްތަކެއް ރާވައި އިންތިޒާމުކޮށްދޭނެ ފަރާތެއް ހޯދުމަށް

1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ ގޮތުން، ކުޑަކުދިންނަށް ޚާއްސަކޮށްގެން ލ. އިސްދޫގައި ކުޑަކުދިންގެ ހަވީރެއް ރާވައި އިންތިޒާމްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ޝައުޤުވެރި އެކިއެކި ސްޓޯލްތައް ހިމެނިފައި ހުންނަން ވާނެއެވެ. އަދި މިހަވީރު ބޭއްވުމަށް ތާވަލުކުރެވިފައިވަނީ 26 އަދި 27 މޭއި 2026 ވާ ދުވަހުގެ ހަވީރު ގަޑީގައެވެ.

ވީމާ، މި މަސައްކަތް އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 24 މެއި 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން   ތިރީގައި ދެންނެވިފައިވާ އީމެއިލް އަށް ޕްރޮޕޯސަލް އަދި މަސައްކަތުގެ އަގު ފޮނުވުން އެދެމެވެ.

އީމެއިލް: [email protected]

 

       މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

21 މޭ 2026
ހޯދާ