މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ އައި.ސީ.ޓީ ޓެކްނީޝަން - ޕީ.އެސް.އާރު 7

 

އިޢުލާނު

 

މަޤާމު:

ސީނިއަރ އައި.ސީ.ޓީ ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J-453302

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕީ.އެސް.އާރު 7 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން، ކ. މާލެ

މުސާރަ:

-/10430 ރުފިޔާ

ޖޮބް އެލަވަންސް:

-/4865 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް 130.00  ރުފިޔާ
  •  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރ 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
  • މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަލަށް އޮފީހަށް ވަންނަ މުވައްޒަފުންނާއި ގުޅޭ އެންމެހާކަންކަން ކުރުން، މީގެތެރޭގައި އީމެއިލް ސެޓްކުރުން، ކޮމްޕިއުޓަރ ސިސްޓަމް ހަމަޖެއްސުން، ޖެމްސް އާއި ގުޅޭ އެންމެހާ ކަންކަން، އަދި ފިންގާ ޕްރިންޓް ސިސްޓަމަށް އަދާހަމަކުރުން.
  2. ކޮމިޝަނުގެ މައުލޫމާތު އެއްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމާއި ކޮމްޕިއުޓަރ ސިސްޓަމްއަށް ލިބިދާނެ ގެއްލުންތަކަށް ހައްލުހޯދުމުގެ ތައްޔާރީތައް ކޮށްދިނުމާއި ބެލެހެއްޓުން.
  3. އައިސީޓީ ޑިޕާޓްމަންޓަށް ހޯދޭ ތަކެތީގެ ތެރެއިން ޕްރިވެންޓިވް މެއިންޓަނަންސް ހަދަންޖެހޭ ތަކެތީގެ މެއިންޓަނަންސް ގަވާއިދާ އެއްގޮތަށް ހެދޭތޯ ކަށަވަރުކުރުމާއި އައިސީޓީއާއި ގުޅުންހުރި ސިސްޓަމްތައް ތައްޔާރުކުރެވޭނޭ ނިޒާމެއް ގާއިމްކުރުން.
  4. ކޮމިޝަނުގެ ހުރިހާ ކޮމްޕިއުޓިންގ ވަޞީލަތެއް ބެލެހެއްޓުމާއި އެއްވެސް ސެޓިންގ އަކަށް ބަދަލުގެންނަންޖެހޭނަމަ އެ ބަދަލުތައް ގެނައުން
  5. ކޮމިޝަނުގެ ކޮމްޕިއުޓިންގ ވަޞީލަތްތަކަށް ވައިރަސް މައްސަލައެއް ނުވަތަ ސެކިއުރިޓީ އެއްވެސް ކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލު ކުރުން
  6. ކޮމިޝަނުގައި ބޭނުންކުރެވޭ ސިސްޓަމް / އެޕްލިކޭޝަންތަކަށް ދިމާވާ މައްސަލަތައް ބަލައި އެފަދަ މައްސަލަތަކުގެ ހައްލުހޯދައިދިނުން
  7. ކޮމިޝަނުގެ މޮނިޓަރިންގ މަސައްކަތަށް ބޭނުންކުރާ މޮނިޓަރިންގ ސިސްޓަމަށް ދިމާވާ މައްސަލަތަކުގައި ސިސްޓަމް އެޑްމިނިސްޓްރޭޓާއި ގުޅިގެން މައްސަލައަށް ހައްލު ހޯދުން
  8. ކޮމިޝަނުގެ އިސް މުވައްޒަފުންނާއެކު މަސައްކަތްކޮށް އައި.ޓީ ނިޒާމްތަކުގެ ރައްކާތެރިކަމާއި، ބެކަޕް ޕްލޭނާއި ބެކަޕް ހަދާނެ އުޞޫލާއި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ރޭވުންތަކާބެހޭ ސިޔާސަތުތައް އެކަށައެޅުން
  9.  ކޮމިޝަނުގެ ނެޓްވާރކް އަދި ހާޑްވެއަރތަކަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުން
  10. ނެޓްވަރކް ޑިވައިސްތަކުގެ މުހިއްމު ލޮގްފައިލްތައް މޮނިޓަރކޮށް ބެލެހެއްޓުން
  11. ކޮމިޝަނުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި އުސޫލުތަކާއި، ކޮމްޕިއުޓަރ ސިސްޓަމްތައް ބޭނުންކުރާނެ ގޮތުގެ އިރުޝާދުތައް އެކުލަވައިލުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކޮށް ސުޕަވައިޒްކުރުން.
  12. ކޮމިޝަނަށް ހޯދަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި އާލާތްތައް، ސޮފްޓްވެއަރ އަދި އައިޓީ ޑިޕާޓްމަންޓް ހިންގުމުގެ އުސޫލުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލު ގެނައުމާއި ތަރައްގީކުރުން.
  13. މުވައްޒަފުންނަށް ފެންވަރު ރަނގަޅު ކޮމްޕިއުޓަރ ސިސްޓަމްތައް ފޯރުކޮށްދިނުމާއި، ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމުގެ އިތުރުން، ޚިދުމަތްތަކަށް ބުރޫނާރާނެހެން ސިސްޓަމްތައް ގަވާއިދުން މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ރާވާ ހިންގުން.
  14. ކޮމިޝަނަށް ބޭނުންވާ އައިޓީ އާލާތްތައް ހޯދުމުގައި ފަންނީ ލަފާދިނުމާއި، ބޭނުންވާ ތަކެތީގެ ތަފްސީލީ މައުލޫމާތު ފައިނޭންސް އަދި ޕްރޮކިއުމެންޓް ސެކްޝަނާ ހިއްސާކުރުމާއި، އެ ތަކެތި އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމުގެ އެންމެހައި ކަންކަން ކުރުން.
  15. ކޮމިޝަނުގެ ސިސްޓަމްތަކަށާއި އެކިއެކި ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ވީހާވެސް އަވަސް މިނެއްގައި ހައްލުކުރުމާއި، ސިސްޓަމްތައް އަޕްޑޭޓްކޮށް ބެލެހެއްޓޭނެ ދެމެހެއްޓެނެވި ނިޒާމެއް ގާއިމްކޮށް ހިންގުން.
  16. ޑޭޓާ ޑްރިވަން ޑިސިޝަން މޭކިންއަށް ބޭނުންވާ އެންމެހާ މައުލޫމާތު އެއްކޮށް އެ މައުލޫމާތު އިސްވެރިންނާ ހިއްސާކުރުން. 
  17. ކޮމިޝަނުގެ މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެފުރިހަމަގޮތުގައި އެހީތެރިކަން  ފޯރުކޮށްދިނުން

 

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އިންފޮމޭޝަން ޓެކްނޯލޮޖީ 
  • ބިޒްނަސް އިންފޮމޭޝަން ޓެކްނޯލޮޖީ 
  • ނެޓްވަރކިންގ 
  • ޕްރޮގްރާމިންގ 
  • ސިސްޓަމް އެޑްމިނިސްޓްރޭޝަން 
  • ވެބް ޑިވެލޮޕްމަންޓް
  • ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން 
  • ކޮމްޕިއުޓަރ ސައިންސް 
  • ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ 
  • ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ 
  • ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ 
  • ސޮފްޓްވެއަރ އިންޖިނިއަރިންގ  

 މަޤާމުގެ ވަޒީފާގެ ދާއިރާތައް:

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

   https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުމުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕްއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (04 ޖޫން 2026) ބުރާސްފަތި ގެ (14:00) ގެ ކުރިން، މޯލްޑިވްސް މީޑިއާ އެންޑް ބަރޯޑްކާސްޓިންގ ކޮމިޝަން (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@mmbc.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމުތައް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ މެއިލް މެދުވެރިކޮށް ފޮނުވާ ލިޔެކިއުންތައް އެއް ފައިލެއްގައި (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ގޮތަށް) ޕީޑީއެފް (PDF) ފޯމެޓްގައި މެއިލް ކޮށްދެއްވުން އެދެމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ، 06 ޖޫން 2026 އިން 25 ޖޫން 2025 އާ ދެމެދު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން  (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3334332 / 3003995 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

21 މޭ 2026
ހޯދާ