ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުޅިވަރު ކުޅޭ ވަގުތުތަކުގައި ގާޑިޔާ ބެހެއްޓުމުގެ ފުރުޞަތު ހުޅުވާލުން

1447 ވަނަ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން 2026 މޭ 26 ވަނަ ދުވަހުން ފެށިގެން 2026 މޭ 30 ވަނަ ދުވަހުގެ ނިޔަލަށް އެކި ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އާއިލީ ހަވީރު ފިޔަވައި ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި އެސަރަޙައްދުގައި ކާބޯތަކެތީގެ 05 ގާޑިޔާ ބެހެއްޓުމަށް ބޭނުންވެއެވެ.

ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ރަޖިސްޓްރޭޝަން ފީ ދައްކަވާ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކޮންމެ ގާޑިޔާ އަކަށް 500ރ (ފައްސަތޭކަ ރުފިޔާ) ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ފަރާތަކަށް ރަޖިސްޓްރީ ކުރެވޭނީ އެއް ގާޑިޔާއަށެވެ.

ވީމާ، ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރޭޝަން ފީ ދައްކަވައި ނަންނޯޓް ކުރެއްވުން އެދެމެވެ.

21 މޭ 2026
ހޯދާ