ދިވެހިރާއްޖެ
އިޢުލާން
1447 ވަނަ އަހަރުގެ އަޟްހާ ޢީދުގެ ބަންދާ ގުޅިގެން 2026 މޭ 24 އިން 28 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ކޮށްފައިވާތީ، މި މުއްދަތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ހިދުމަތްތައް ދިނުމާ ގުޅޭ
1447 ވަނަ އަހަރުގެ އަޟްހާ ޢީދުގެ ބަންދާ ގުޅިގެން 2026 މޭ 24 އިން 28 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ކޮށްފައިވާތީ، މި މުއްދަތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ އަންނަނިވި ގޮތަށެވެ.
ކޮމިޝަނަށް ހުށަހެޅޭ ލިޔެކިޔުމާއި މައްސަލަތައް ބަލައިގަތުމުގައި އަމަލު ކުރާނެ ގޮތް
މި މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ހުށަހެޅުއްވުމަށް ކޮމިޝަނުގެ ރަސްމީ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް މައްސަލަ ހުށަހެޅުއްވުމަށާއި މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހިލޭގުޅޭ ނަންބަރު 1424 އަށް ގުޅުއްވުން އެދެމެވެ.
ކޮމިޝަނުގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް މައްސަލަ ހުށަހެޅުއްވުމަށް [email protected] އަށް އީމެލް ކުރެއްވުން އެދެމެވެ. ނުވަތަ މައްސަލަ ހުށަހެއްޅުވުމަށާއި ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހިލޭގުޅޭ ނަންބަރު 1624 އަށް ގުޅުއްވުން އެދެމެވެ.
