ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްހާ ޢީދު 1447

މިއަހަރުގެ ބަރަކާތްތެރި އަޟްހާ ޢީދު ފާހަގަކުރުމަށްޓަކައި، މި ރަށުގެ ޒުވާނުންނާއި ކައުންސިލް ގުޅިގެން ރަށުގެ ރައްޔިތުން ޝާމިލުވާނެހެން ވަރަށް ޙާއްސަ އަދި ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަޤްސަދަކީ އެކުވެރިކަމާއެކު ޢީދު ފާހަގަކޮށް، ރަށުގެ އެންމެހާ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް އާލާކުރުމެވެ.

ޢީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތާވަލު މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ. މި ހުރިހާ ހަރަކާތްތަކެއްގައިވެސް ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގަތުމަކީ މި ކައުންސިލާއި ރަށުގެ ޒުވާނުންގެ ވަރަށް ބޮޑު އެދުމެކެވެ.

20 މެއި 2026

20 މޭ 2026
ހޯދާ