ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ފަރެސްމާތޮޑާގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން:
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފަރެސްމާތޮޑާގެ ބިމާއި އިޙްތިޞާސް ހިމެނޭގޮތަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް ލޭންޑް ޔޫޒް ޕްލޭނާއި ޓޮޕޮގްރަފިކް ސަރވޭ އާއި ކަމާއިގުޅޭގޮތުން ހަދަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއި، ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން 2026 ޖޫން 08 ވަނަދުވަހުގެ 13:00 ގެ ކުރިން "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުން އެދެމެވެ. ބިޑް ރަޖިސްޓްރީ ފޯމް [email protected] މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި މަސައްކަތައް ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިބީލަމާއި ގުޅޭ ބިޑް ފޮތް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
- މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖޫން 09 ވަނަދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
- މި ބީލަމުގެ ޕްރީ ބިޑް މީޓިން ބެއްވުމަށް ހަމަޖެހިފައި ވަނީ 2026 ޖޫން 10 ވަނަދުވަހުގެ 13:00ގައި މި ކައުންސިލްގެ އިދާރާގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2026 ޖޫން 15 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
- އީމެއިލް: [email protected]
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 މޭ 2026
ހޯދާ
