ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ފެބުރުވަރީ/މާރިޗު މަހު ބޭއްވި ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިޙާނުގައި މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް ބޭނުންފުޅުވާނަމަ، އެކަމަށް އެދޭ ފޯމު (އިޢުލާނުގައިވާ ލިންކުން ގޫގުލް ފޯމު) ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުން އެދެމެވެ.
https://forms.gle/rjcpw3acAacaiU2m8
އެންކުއަރީސް އެބައުޓް ރިސަލްޓް (ރީޗެކް) ގެ މުއްދަތަކީ 2026 މެއި 20 ވާ ބުދަ ދުވަހުން ފެށިގެން 2026 ޖޫން 02 ވާ އަންގާރަ ދުވަހުގެރޭ 23:59 އެވެ.
އެންކުއަރީސް އެބައުޓް ރިސަލްޓް (ރީޗެކް) އަށް ފީ ދައްކާނީ ބަނޑޭރި ޕޭ ޕޯޓަލް އިންނެވެ. ފައިސާ ދައްކާނެގޮތުގެ ތަފްސީލް ގޫގުލް ފޯމުގެ ތިރީގައިވާ ލިންކުގައި ހިމަނާފައިވާނެއެވެ. ފައިސާ ދެއްކުމަށްފަހު ރިސިޕްޓް ޑައުންލޯޑްކޮށް، ފޯމުގައި އެޓޭޗް ކުރަންވާނެއެވެ. އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ނަތީޖާ ސްލިޕުގެ ކޮޕީ ވެސް އެޓޭޗް ކުރަންވާނެއެވެ.
