މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްއިދާރާގެ ގުދަންތަކުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން!

  1. ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކައުންސިލްއިދާރާގެ ގުދަންތަކުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
  2. މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014)  ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
  3. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 20 މޭ 2026 ން 02 ޖޫން 2026 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 12:45 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމް އަދި ފޯމާއި އެކު ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލް ކުރާނަމަ މެއިލް ކުރަންވާނީ މިއިދާރާގެ ޕްރޮކިއުމެންޓް މެއިލް [email protected] އަށެވެ. އިތުރު އެހެން މެއިލްތަކަށް ފޮނުވާ ރަޖިސްޓްރޭޝަން ފޯމްތަށް ބަލައެއްނުގަނެވޭނެއެވެ. އަދި ބިޑްފޮތް މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފޯމް ގެޒެޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
  4. މިބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 03 ޖޫން 2026 ވަނަދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  5. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 04 ޖޫން 2026 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަން ހުޅުވުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން (ބަދަލުގައި ފޮނުވާ ފަރާތްތައް) ކޮންކުންފުންޏަކުން ކަން އަދި ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. މިލިޔުން ހުށަހަޅަންވާނީ ބީލަން ހުށަހަޅާ ސިޓީއުރައާއި ވަކިންނެވެ.
  6. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ

ސަލީމީހިގުން، ކ.ދިއްފުށި

ފޯން: 6640071

އީމެއިލް: [email protected]

20 މޭ 2026
ހޯދާ