ދިވެހިރާއްޖެ
ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ދަތިވާނެހެން އެކި ފަރާތްތަކުން ގިނަ ދުވަސްތަކެއްވަންދެން ބަހައްޓާފައިވާ ތަކެތި އެ ސަރަހައްދުން ނަގާ ބަނދަރު ބޭނުންކުރުމުގައި އެންމެ ފަރާތްތަކުންވެސް ލަފާ ފުރުމާ މަސައްކަތްތައް ހިންގުމަށް ދަތި ނުވާނެހެން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އަދި ކުނީގެ ގޮތުގައި ނައްތާލުމަށް ބޭނުންވާތަކެތި އެކި ސަރަހައްދުތަކުގައި ބެހެއްޓުމުގެ ބަދަލުގައި ކުނި އެޅުމަށް އެ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ޑަސްބިންތައް ބޭނުން ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދެމެވެ.
އެންމެ ފަރާތްތަކުންވެސް ބަނދަރުގެ ބޭނުން ހިފާއިރު އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެކުމުގެ ސަބަބުން ދިމާވެދާނެ ދަތި އުނދަގޫތައް އެންމެ ކުޑަވާނެހެން އަމަލުތައް ބަހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދީ ފަރުދީގޮތުން އުފުލަންޖެހޭ ޒިންމާތައް އަދާކުރުމަށް އިލްތިމާސްކުރަމެވެ.
ވީމާ، ގިނަ ދުވަސްވަންދެން ބަނދަރުގެ އެކި ސަރަހައްދު ތަކުގައި ޚާއްސަކޮށް ޕޭމަންޓްމަތީގައި އާއި ބަނދަރު ސަރަހައްދުގައި ޖަހާފައިވާ ގަސްތަކުގެ ބުޑުގައި ހުރި ތަކެތި ނަގާ އެތެކެތީގެ ވެރި ފަރާތްތަކުން 2026 ޖޫން 01 ވާ ހޯމަ ދުވަހުގެ ކުރިން އެ ތަކެތި ގެންދިއުމަށް އެދެމެވެ. އަދި މި ފުރުޞަތުގައި ބަނދަރު ބޭނުންކުރުމުގައި އެންމެ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށާއި ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު 2025/R-16 އެއްގޮތައް އަމަލުތައް ބެހެއްޓުމަށް އެދި ދެންނެވީމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން އަބަދުވެސް ފާހަގަކޮށް ޝުކުރުދަންނަވަމެވެ.
