މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯޅަދަނޑާއި ފުޓްސަލް ދަނޑުތައް ބޭނުންކުރުމަށް ނަން ނޯޓްކުރުމާ ގުޅޭ

އިޢުލާން

 

ބޯޅަދަނޑާއި ފުޓްސަލް ދަނޑުތައް ބޭނުންކުރުމަށް ނަން ނޯޓްކުރުމާ ގުޅޭ

              ބ. އޭދަފުށީގެ ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމް، ފުޓްސަލް ގްރައުންޑް 1 އަދި ފުޓްސަލް ގްރައުންޑް 2 ގައި ކުޅުމަށް ބޭނުންވާ ކްލަބް ޖަމިއްޔާތަކަށާއި މުއައްސަސާތަކަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

             މިގޮތުން ދަނޑުތައް ބޭނުންކުރުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ އުސޫލުން އަމަލުކުރެއްވުމަށް ދަންނަވަމެވެ.

ގަވައިދުން ކުޅެން ބޭނުންވާ ކްލަބް ޖަމިއްޔާތައް:
ކޮންމެ ދުވަހަކު ގަވައިދުން ކުޅުމަށް ބޭނުންވާ ރަޖިސްޓަރީ ކުރެވިފައިވާ ކްލަބް ޖަމިއްޔާތަކުން، ތިރީގައިވާ ލިންކް މެދުވެރިކޮށް ނަން ނޯޓް ކުރެއްވުން އެދެމެވެ. މިގޮތަށް ނަން ނޯޓްކުރުމުގެ އެންމެ ފަހު މުއްދަތަކީ 30 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

https://forms.gle/io7PbXAZwsDJvrSEA

އޮފީސްތަކާއި މުއައްސަސާތައް:
ވަކި ޚާއްޞަ ދުވަސްތަކެއްގައި ނުވަތަ ވަކި މުއްދަތަކަށް ދަނޑު ބޭނުންކުރަން ބޭނުންވާ އޮފީސްތަކާއި ސަރުކާރުގެ މުއައްސަސާތަކުން، އެކަން ބަޔާންކޮށް މި އިދާރާގެ ރަސްމީ މެއިލް އަށް ސިޓީ ނުވަތަ އީމެއިލް ފޮނުއްވުމުން، އެ ދުވަސްވަރަކަށް ބަލައި އެކަން ހަމަޖައްސަވައިދެވޭނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރަށް ގުޅުއްވުން އެދެމެވެ.

02  ޛުލްޙިއްޖާ  1447

19   މެއި   2026

 

19 މޭ 2026
ހޯދާ