މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1447 އަޟްޙާ ޢީދު ކުޅިވަރުތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން
1447 އަޟްޙާ ޢީދު ފާހަގަކުރުމަށް ހިންގަން ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޅިވަރު ގޭމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 11 މެއި 2026 ށް ވަނީ ހަމަވެފައެވެ. ނަމަވެސް ގިނަ ފަރާތްތަކަކުން ކުޅިވަރު ގޭމްތަކުގައި ބައިވެރިވުމަށް އެދެމުންދާތީ، ވީހާވެސް ގިނަ ބަޔަކަށް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިއިދާރާގެ ނަންބަރު: (IUL)304-EDS/304/2026/34 (04 މެއި 2026) ގެ އިޢުލާނުން ޢާއްމުކޮށްފައިވާ ކުޅިވަރު ގޭމްތަކުގައި ބައިވެރިވުމުގެ މުއްދަތު 21 މެއި 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށްވަނީ އިތުރުކުރެވިފައެވެ.
ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން 21 މެއި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށްއެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
19 މޭ 2026
ހޯދާ
