އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ އައު އޮފީހަށް ބޭނުންވާ ގޮނޑި އަދި މޭޒު ސަޕްލައިކޮށް ރާވައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އޮތޯރިޓީގެ އައު އޮފީހަށް ބޭނުންވާ ގޮނޑި އަދި މޭޒު ސަޕްލައިކޮށް ރާވައިދިނުމުގެ މަސައްކަތް މި އިޢުލާނާއިއެކު އާންމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

     

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވެވަޑައިގަންނަވާ ފަރާތްތަކުން 31 މެއި 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީއަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

              

ބީލަން ހުށަހަޅާނީ 07 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެރިސެޕްޝަނަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 10:05 ގައި އެންވަޔަރަންމަންޓަލްރެގިއުލޭޓަރީއޮތޯރިޓީގައި ބީލަންހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތުހާޟިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

ބީލަންތައް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

19 މޭ 2026
ހޯދާ