ތިނަދޫ ސްކޫލް/ ގދ.ތިނަދޫ
ދިވެހިރާއްޖެ
ޕްރައިމަރީ ޓީޗަރ (ވޭޖް)

 

 

 

ތިނަދޫ ސްކޫލް

 ތިނަދޫ ސިޓީ، ދިވެހިރާއްޖެ                                             

އިޢުލާނު

މަޤާމު:

ޓީޗަރ

މަޤާމުގެ ނަންބަރު:

J-417423

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވޭޖް (06 މަސް)

މަޤާމުގެ ރޭންކު:

ރޭންކް 2

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިނަދޫ ސްކޫލް ، ގދ.ތިނަދޫ،ދިވެހިރާއްޖެ

މުސާރަ:

ރޭންކް 1

11564/-

 

ރޭންކް 1

5397/-

 

ޓީޗަރުންގެ ރޭންކު

ހާޒިރީ އެލަވަންސް ( ހާޟިރުވާ ކޮންމެ ދުވަހަކަށް )

ރޭންކު 1

146/-

 

 

 

މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް ދާއިމީ މަޤާމަށް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ހަމަވާ ފަރާތެއް ކޮންޓްރެކްޓް މަޤާމަކަށް 06 މަސް ދުވަހަށް ނެގުމަށް ހަމަޖެހިފައިވެއެވެ.

މަޤާމުގެ ގިންތި:   ވަގުތީ (ވޭޖް)  

މުއްދަތު: 06 މަސް         

އުޖޫރަ: ކޮންމެ މަހަކު ތިރީގައި ބަޔާންކުރާ މުސާރައާއި ސަރވިސް އެލަވަންސް

  1. މެޓަރނިޓީ ޓީޗަރުގެ ބަދަލުގައި އައްޔަނުކުރާ މުވައްޒަފު މަޤާމުގެ ދާއިމީ ޝަރުތުތައް ޝަރުޠު ހަމަނުވާނަމަ މުސާރަ ކަނޑައަޅާނީ ތިރީގައި މިވާ ތާވަލާ އެއްގޮތްވާގޮތުގެ މަތިންނެވެ.

މުވައްޒަފުންގެ އެންމެ މަތީ ތަޢުލީމީ ފެވްވަރަކީ

މުސާރަ (މަހަކު)

ސާރވިސް އެލަވަންސް (މަހަކު)

މަހެއްގެ މައްޗަށް ޖުމްލަ ދެވޭނެ އުޖޫރައިގެ މިންވަރު

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު

1 (އެއް) ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

ސާނަވީ ތަޢުލީމު ނުވަތަ މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާކަމަށް ވާނަމަ

5500

2500

8000

363.64

60.61

ކިޔަވައޮދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ

6090

2500

8590

390.45

65.08

ކިޔަވައިދޭ މާއްދާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކުރުން ކަމަށްވާނަމަ

7070

2500

9570

435.00

72.50

ކިޔަވައިދޭ މާއްދާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ޙާޞިލުކުރުން ކަމަށްވާނަމަ

8440

2500

10940

497.27

82.88

 

  1. މެޓާރނިޓީ ޓީޗަރުގެ ބަދަލުގައި އައްޔަނުކުރާ މުވައްޒަފު މަޤާމުގެ ދާއިމީ ޝަރުޠު ހަމަވާނަމަ މުސާރަ ކަނޑައަޅާނީ ތިރީގައި މިވާތާވަލާ އެއްގޮތްވާގޮތުގެ މަތިންނެވެ.

                                                                             

މުވައްޒަފުންގެ އެންމެ މަތީ ތަޢުލީމީ ފެވްވަރަކީ

މުސާރަ (މަހަކު)

މަޤާމުގެ އެލަވަންސް

ހާޒިރީ އިނާޔަތް (ހާޒިރުވާ ކޮންމެ ދުވަހަކަށް)

މަހެއްގެ މައްޗަށް ޖުމްލަ ދެވޭނެ އުޖޫރައިގެ މިންވަރު

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު

1 (އެއް) ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

ޓީޗަރ ރޭންކް 2، ސްޓެޕް 1

11564/-

5397/-

146/-

16961/-

770.95

96.37

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޙަވާލުކުރެވިފައިވާ މާއްދާ ނުވަތަ މާއްދާތައް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުގަންނައިދިނުން
  2.  ދަރިވަރުންގެ މަސައްކަތްތައް ރެގިއުލަރކޮށް ޗެކްކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން
  3.  ދަރިވަރުންނަށް ޙާސިލްވަމުންދާ މިންވަރު ޗެކްކުރުމާއި، ރިކޯޑްކުރުމާއި، އެމައޫލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ޙިއްސާކުރުން
  4.  ކިޔަވައިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާއި ޙަވާލުކުރަންޖެހޭ އެންމެހައިތަކެތި (ސްކީމްއޮފް ވަރކް، ލެސަންޕްލޭން، މާރކްސްޝީޓްފަދަ) ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ޙަވާލުކުރުން
  5.  އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާޢިދުތަކާއި ސްކޫލު ކުދިންގެ ގަވާޢިދުތަކާއި ސްކޫލުގެ ގަވާޢިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން
  6. ޙަވާލުކުރެވޭ ޓައިމްޓޭބަލްގައިވާ ގަޑިތަކަށާއި ރިލީފްގަޑިތަކަށް ގަޑިއަށް ހާޒިރުވެ ދަރިވަރުންނަށް ފައިދާހުރިގޮތަކަށް ފިލާވަޅު ކުރިއަށް ގެންދިއުން
  7. ޙަވާލުކުރެވިފައިވާ މާއްދާ ކޯޑިނޭޓްކޮށް ބެލެހެއްޓުން
  8.  ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން
  9.  ސިނކުޑީގެ ނުކުޅެދުންތެރިކަން ހުންނަކުދިންފިޔަވައި އެހެންހުރިހާ ކުދިންނަށް ލިޔަންކިޔަން ދަސްކޮށް ދިނުން
  10.  ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއިގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލަރކޮށް) މަޢުލޫމާތު ޙިއްސާކުރުން
  11.  ފިލާވަޅުތަކާއިގުޅޭގޮތުން ކްލާސްރޫމުގައި ޑިސްޕްލޭކުރުން
  12.  ސްކޫލުން އިންތިޒާމުކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ޙާޒިރުވުން

13.  ސްކޫލުން ކުރިއަށްގެންދާ ޚާއްސަމަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

14. ސްކޫލުގެ ހުރިހާ ވަސީލަތްތައް (ލައިބްރަރީ، އިންޓަރނެޓް، ސްމާޓްބޯޑް ފަދަ) ދަރިވަރުންނަ އެންމެ ފައިއިދާހުރިގޮތަކަށް ބޭނުންކުރުން

15. ސްކޫލަކީ އެކުވެރި އެއްބައިވަންތަބައެއް އުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން

16.  ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާއިގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން

17.  ސްކޫލަކީ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތްކުރުވުން

18.  ކްލަބް ޖަމްޢިއްޔާތަކާއި، ޔުނިފޯމްޙަރަކާތް އަދި ދަރިވަރުންނަށް ހިންގޭ އެހެނިހެން ހުރިހާ ޙަރަކާތެއްގައި ފުރިހަމަޔަށް ބައިވެރިވެ އެއްބާރުލުންދީ އެހީތެރިވުން

19.  ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްޓާފުން އަދި ސްކޫލުގެ ސިއްރުތައް ހިފެހެއްޓުން

20.  ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކުގައި ފުރިހަމަޔަށް ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

  1. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްޑީއެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 

  • އެޑިއުކޭޝަން
  • ޕްރައިމަރީ
  • ޓީޗިންގ

މަޤާމުގެ ތަޢުލީމީ ފެންވަރު:

  

  1. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.
  2. ކިޔަވައިދޭ މާއްދާއަށް ޙާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ޞަނަދުގެ އޮނިގަޑު ލެވެލް 5 ނުވަތަ އެއައްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޓީޗިންގ ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

 https://tinyurl.com/CSC-Application-Form

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ސަރުތު ހަމަވުން

30%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25%

އިންޓަރވިއު

35%

ނޯޓް: މަޤާމަށް އައްޔަނު ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކުރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. އަދި ކުރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން ޑިސްކޮލިފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 މެއި 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިނަދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއުއަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އިމްތިޙާނާއި އޮންނާނީ، 01 މެއި 2026  ނުވަތަ 02 މެއި 2026 ވަނަ ދުވަހު  ތިނަދޫ ސްކޫލުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842050 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/74)  އިން ލިބެން ހުންނާނެއެވެ.

    

 

 

                                                                                  

 

19 މޭ 2026
ހޯދާ