މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އިންޓަރ-އޮފީސް 3x3 ޗެމްޕިއަންޝިޕް 2026 (ފިރިހެން 1 ވަނަ ޑިވިޝަން / ފިރިހެން 2 ވަނަ ޑިވިޝަން / އަންހެން ޑިވިޝަން)

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 9 ން 12 ޖޫން 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ-އޮފީސް 3x3 ޗެމްޕިއަންޝިޕް 2026ގެ، ފިރިހެން 1 ވަނަ ޑިވިޝަން، ފިރިހެން 2 ވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވެލައްވާ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނި ތަކުން 2 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން މުބާރާތުގެ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވުމަށްފަހު ފީ ދެއްކިކަމުގެ ސްލިޕާއިއެކު މިއެސޯސިއޭޝަން އަށް އީމެއިލް ކޮށް، މިއެސޯސިއޭޝަންގެ ހުއްދަ ލިބުމުން ފިބާ 3x3 ވެބްސައިޓްގައި ޓީމް ރެޖެސްޓަރ ކުރެއްވުން އެދެމެވެ. ކޮންމެ އޮފީސް/ކުންފުނި އަކަށްވެސް ކެޓަގަރީއެއް އެއްގައި ބައިވެރިކުރެވޭނީ 1 ޓީމްއެވެ. އަދި ޓީމްތައް މުބާރާތުގައި ރެޖިސްޓަރ ކުރުމުގެ ފީ ތިރީގައި ދެންނެވިފައި އެވަނީއެވެ.

  • ފިރިހެން 1 ވަނަ ޑިވިޝަން – 2،000ރ
  • ފިރިހެން 2 ވަނަ ޑިވިޝަން 1،500ރ
  • އަންހެން ޑިވިޝަން - 2،000ރ

މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮފީސް/ކުންފުނި ތަކުން ރެޖިސްޓްރޭޝަން ފޯމް އަދި ފީ ދެއްކިކަމުގެ ސްލިޕް އީމެއިލް ކޮށްދެއްވާނީ މި އެސޯސިއޭޝަނުގެ އީމެއިލް އެޑްރެސް [email protected] އަށެވެ.

މި އިޢުލާނާއި އެކު މުބާރާތުގެ ޤަވާއިދު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 3×3 ވެބްސައިޓް ލިންކް: https://play.fiba3x3.com/events/89050b3a-d0d0-4459-a1bd-aabcd1bbdc98

19 މޭ 2026
ހޯދާ