މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އޮރެންޖް ހިޔާ ބިލްޑިންގ ތިންވަނަ ފަންގިފިލާގައި ކުރަންހުރި ފަންގަސް ޓްރީޓްމަންޓްގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

އޮރެންޖް ހިޔާ ބިލްޑިންގ ތިންވަނަ ފަންގިފިލާގައި ކުރަންހުރި ފަންގަސް ޓްރީޓްމަންޓްގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި  (IUL)23-PD(PMS)/23/2026/79 (26 އޭޕްރިލް 2026) ނަންބަރު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާތިލް ކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 18 މޭ 2026 ވާ ހޯމަ ދުވަހުން ފެށިގެން 03 ޖޫން 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާ ގުޅޭ ސައިޓް އިންސްޕެކްޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ސައިޓް އިންސްޕެކްޝަން އޮންނާނީ 04 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި ހުޅުމާލޭ އޮރެންޖް ހިޔާ ބިލްޑިންގ ތިންވަނަ ފަންގިފިލާ ގައެވެ. ސައިޓް އިންސްޕެކްޝަންގައި ބައިވެރި ނުވެވޭ ފަރާތް ތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. 

 އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޖޫން 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 08 ޖޫން 2026 ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި، އަދި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

01 ޛުލްޙައްޖު 1447ހ.

 

18 މޭ 2026
ހޯދާ