ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.
| 
 މަޤާމު  | 
 ކްލިނިކަލް ނާރސް  | 
|||||
| 
 ބޭނުންވާ އަދަދު  | 
 3 (ތިނެއް)  | 
 މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
 ރޭންކް: MS3  | 
|||
| 
 މުސާރަ  | 
 މަހަކު -/7035 ރުފިޔާ  | 
|||||
| 
 ސަރވިސް އެލަވަންސް  | 
 މަހަކު -/2500 ރުފިޔާ  | 
|||||
| 
 ރިސްކް އެލަވަންސް  | 
 މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ  | 
|||||
| 
 ޑިވިޜަން  | 
 ނާރސިންގ  | 
|||||
| 
 މަސައްކަތްކުރަންޖެހޭ ގަޑި  | 
 ޝިފްޓް ޑިއުޓީ  | 
|||||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް  | 
 1. ވޯޑެއް ހިންގުމުގައި އެކަށީގެންވާގޮތަށް ނާރސިންގ ކެއަރ ދެވޭނެ އިންތިޒާމުތައް ރޭވުމާއި، ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި، މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ، ނަފްސާނީ، އިޖުތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން. 2. ބަލިމީހުންނަށް ދިމާވާ އާދަޔާޚިލާފް ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯޓްކުރުމާއި، ރިފަރކޮށްފައިތިބޭ މީހުން، އެ ޑޮކްޓަރަކަށް އެންގުން. 3. ޑޮކްޓަރުންގެ ލަފާގެމަތިން ބަލިމީހުންނަށް ދެވޭ ފަރުވާ ރީހެބިލިޓޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން. 4. ދިމާވާ އިމަޖެންސީތައް، ކަމާބެހޭ ޑޮކްޓަރުންނަށް ވަގުތުން އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން. 5. ބަލިމީހުންނާބެހޭ ކަންތައްތަކުގައި ޑޮކްޓަރުންނާއި، ހޮސްޕިޓަލުގެ ލެބޯޓްރީއާއި، އެކްސްރޭ ޑިޕާޓްމަންޓް ފަދަ ޑިޕާޓްމަންޓްތަކާ މުވާސަލާތު ހިންގުން. 6. ރަސްމީގަޑިނޫން އެހެން ވަގުތުތަކުގައި ހޮސްޕިޓަލުގައި ދިމާވާ ކަންތައްތަކުގެ ތެރެއިން ނާރސިންގއާބެހޭ ކަންތައްތައް ޙައްލުކުރުމާއި، އެހެން ކަންތައްތައް ކޯޑިނޭޓަރަށް އެންގުން. 7. ފެކަލްޓީ އޮފް ހެލްތު ސައިންސަސުން ހިންގަވާ ޓްރޭނިންގ ޕްރޮގްރާމްތަކުގެ ޢަމަލީބައިގެ ތެރެއިން ހޮސްޕިޓަލުގައި ހިންގާ ބައިތައް ސުޕަވައިޒްކުރުން.  | 
|||||
| 
 
 
 ތަޢުލީމާއި ތަޖުރިބާ  | 
 1. ނަރސިންގ ދާއިރާއިން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރެޖިސްޓްރވެފައިވުން. ނުވަތަ؛ 2. ސީނިއަރ ރެޖިސްޓަރޑް ނަރސްގެއެއްގެގޮތުގައި 4 އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން. އަދި؛ 3. ޕަރފޯމަންސް އެޕްރައިސަލްގެ ފާއިތުވި 4 އަހަރުދުވަހުގެ އެވްރެޖް %80 އަށްވުރެ މަތިން ހާސިލުކޮށްފައިވުން. އަދި؛ 4. މަސައްކަތުގެ ޒިންމާ އުފުލަން އެނގުމާއެކު، ގަވާއިދުތަކަށް ފަރުވާ ބެހެއްޓުން. އަދި؛ 5. އަޚްލާޤީ (ޑިސިޕްލިން) އެއްވެސް މައްސަލައެއް އަދި މެޑިކަލް ނެގްލިޖެންސްގެ އެއްވެސް މައްސަލައެއް، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ރެކޯޑްކުރެވިފައި ނެތުން.  | 
|||||
| 
 މަޤާމު  | 
 ލެބޯޓްރީ ޓެކްނޮލޮޖިސްޓް  | 
|||||
| 
 ބޭނުންވާ އަދަދު  | 
 01  | 
 މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
 ރޭންކް: MS1  | 
|||
| 
 މުސާރަ  | 
 މަހަކު -/5610 ރުފިޔާ  | 
|||||
| 
 ސަރވިސް އެލަވަންސް  | 
 މަހަކު -/2500 ރުފިޔާ  | 
|||||
| 
 ރިސްކް އެލަވަންސް  | 
 މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ  | 
|||||
| 
 ޑިވިޜަން  | 
 ލެބޯޓްރީ  | 
|||||
| 
 މަސައްކަތްކުރަންޖެހޭ ގަޑި  | 
 ޝިފްޓް ޑިއުޓީ  | 
|||||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް  | 
 ލެބޯޓްރީގައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި، ނަތީޖާ ރަނގަޅުތޯ ޗެކްކޮށް ކޮލިޓީ ކޮންޓްރޯލް ހިފެހެއްޓުމާއެކު ރެކޯޑް ބެލެހެއްޓުން.  | 
|||||
| 
 ތަޢުލީމާއި ތަޖުރިބާ  | 
 މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީވެފައިވުން.  | 
|||||
| 
 މަޤާމު  | 
 ރެޖިސްޓަރޑް ނާރސް  | 
|||||
| 
 ބޭނުންވާ އަދަދު  | 
 04  | 
 މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
 ރޭންކް: MS1  | 
|||
| 
 މުސާރަ  | 
 މަހަކު -/5610 ރުފިޔާ  | 
|||||
| 
 ސަރވިސް އެލަވަންސް  | 
 މަހަކު -/2500 ރުފިޔާ  | 
|||||
| 
 ރިސްކް އެލަވަންސް  | 
 މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ  | 
|||||
| 
 ޑިވިޜަން  | 
 ނާރސިންގ  | 
|||||
| 
 މަސައްކަތްކުރަންޖެހޭ ގަޑި  | 
 ޝިފްޓް ޑިއުޓީ  | 
|||||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް  | 
 1. ވޯޑެއް ހިންގުމުގައި އެކަށީގެންވާގޮތަށް ނާރސިންގ ކެއަރ ދެވޭނޭ އިންތިޒާމުތައް ރޭވުމާއި، ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި، މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ނަފްސާނީ އަދި އިޖުތިމާޢި ބޭނުންތަކަށް ރައްކާތެރިވުން. 2. ބަލިމީހުންނަށް ދިމާވާ އާދަޔާޚިލާފްކަންތައްތައްޑޮކްޓަރުންނަށްރިޕޯރޓްކުރުމާއި،ރިފަރކޮށްފައިތިބޭމީހުން އެ ޑޮކްޓަރަކަށް އެންގުން. 3. ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިމީހުންނަށްދެވޭ ފަރުވާ ރީހެބިލިޓޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން. 4. ދިމާވާ އިމަޖެންސީތައް ކަމާބެހޭ ޑޮކްޓަރުންނަށް ވަގުތުން އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން.  | 
|||||
| 
 
 ތަޢުލީމާއި ތަޖުރިބާ  | 
 1. ސަރުކާރު ގަބޫލްކުރާ އިންސްޓިޓިއުޓެއްގައި ނާރސިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރެޖިސްޓްރީ ވެފައިވުން. ނުވަތަ؛ 2. ޑިޕްލޮމާ އިން ކޮންވަރޝަން އިން ނަރސިންގ ކޯސް ފުރިހަމަކޮށްފައިވުން.  | 
|||||
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
 1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.  | 
|||||
| 
 ޢިނާޔަތްތައް  | 
 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.  | 
|||||
| 
 
 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
 1. ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓްގެ ކޮޕީ) 4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރުފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. 5. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ. ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅަންވާނެއެވެ. (ނަރުހުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަނާއި ލައިސަންސް ހުށަހަޅަންވާނެއެވެ.) 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯންނަންބަރު އޮންނަންވާނެއެވެ.) 7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 8. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 9. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.) ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.  | 
|||||
| 
 ސުންގަޑި  | 
 2016 ޖަނަވަރީ 18 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ހުޅުމާލޭ ހޮސްޕިޓަލަށް.  | 
|||||
| 
 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:  | 
 2016 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި، ހުޅުމާލޭ ހޮސްޕިޓަލުގައި. ނޯޓް: މި ވަޒީފާތަކަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
|||||
| 
 އިތުރު މަޢުލޫމާތު  | 
 - މަޢުލޫމާތު ސާފުކުރަން ގުޅާނީ 3350064 ނަންބަރު ފޯނަށެވެ. - ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  | 
|||||
| 
 25 ރަބީޢުލްއައްޥަލް 1437  | 
||||||
