ފާދިއްޕޮޅު ކުރެންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހެލްތް ކެއަރ އެޓެންޑެންޓްގެ މަޤާމަށް މީހަކު ހޯދުން

ޅ. ކުރެންދޫ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

 

ހެލްތް ކެއަރ އެޓެންޑެންޓް ގްރޭޑް 1

މަޤާމް:

J-453275, J-453276

މަޤާމުގެ ނަންބަރު:

02 (ދޭއް)

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

R1 (Step 1)   

މަޤާމުގެ ރޭންކް:

 

މަޤާމުގެ ކްލެސިފިކޭޝަން:

ޅ. ކުރެންދޫ ޞިއްޙީމަރުކަޒު      

ވަޒީފާ އަދާކުރަންޖެހޭ ތަން:

8255.00 ރުފިޔާ (މަހަކު)

މަޤާމުގެ އަސާސީ މުސާރަ

2475.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

65.00 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

ހާޟިރީ އެލަވަންސް

1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސަރވިސްގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް.

 

އެހެނިހެން އެލަވަންސް:

 

1. ލިޔަން ކިޔަން އެނގުން.

ނުވަތަ:

2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ

  1. ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.
  2. އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

ގުޅޭ ވަޒީފާގެ ދާއިރާތައް

މަޤާމަށް ޢައްޔަނުކުރާއިރު ވަކި ޚާއްޞަ ލައިސަންސެއް ނުވަތަ ފުރިހަމަކުރުން ލާޒިމު ތަމްރީނެއް ނެތް.

މަޤާމަށް އައްޔަނުކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް

  • ޞިއްޙީ މަރުކަޒުގެ ކްލިނިކަލް އޭރިއާ ތަކުގައި އުފެދޭ ނުރައްކާތެރި ކުނި (ބަޔޯ ހަޒާރޑް)، ކަނޑައެޅިފައިވާ އުސޫލުގެތެއިން ބަންދުކޮށް، އެތަކެތި ނައްތާލުމަށް ކަނޑައެޅިފައިވާ ސަރަހަދަށް ގެންދިއުމާއި، ޞިއްޙީ މަރުކަޒުގައި އުކާލަންހުންނަ ތަކެތި ދުވަހުންދުވަހަށް ރައްކާތެރިކަމާއި އެކު އުކާލާ އަންދާލަންޖެހޭ ތަކެތި އަންދާލުން. ބަޔޯ ހަޒާޑްގެ ގޮތުގައި ނެރެވޭތަކެތި ރައްކާތެރިކަމާއި އެކު ނައްތާލުމުގައި އެހީތެރިވުން.
  • ޞިއްޙީ މަރުކަޒުގެ ކްލިނިކަލް އޭރިޔާ ތަކުގައިވާ އިކްވިޕްމެންޓްތަކާއި، މެޝިނަރީޒް އަދި ފަރުނީޗާރ އަދި ޓޫލްސް ސާފުކޮށް ބެލެހެއްޓުމާއި، ޞިއްޙީ މަރުކަޒުގެ ވޯރޑްތަކާއި ފާޚާނާތައް ، ބޭސްއަޅާކޮޓަރި، ކްލިނިކަލް އޭރިޔާތަކާއި އެނދު، ފަރނީޗަރ އަދި މެޝިނަރީޒް ފަދަ ތަކެތި ސާފުކުރުމުގައި ކޮންމެ ދުވަހަކުވެސް އެހީތެރިވުން.
  • ޞިއްޙީ މަރުކަޒުގެ އޯ.ޕީ.ޑީތަކުގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދިމާވާ ހާލަތެއްގެ ސަބަބުން އުފެދޭ ނަޖިސް، ޞިއްޙީ މަރުކަޒުގެ އައި.ޕީ.ޑީ ތަކުގައި އެނދުމަތި ކުރެވިފައިވާ ފަރާތަކަށް ދިމާވާ ހާލަތެއްގެ ސަބަބުން އުފެދޭ ނަޖިސް އަދި  ޞިއްޙީ މަރުކަޒުގެ ކްލިނިކަލް އޭރިޔާއެއްގައި ކުރެވޭ ކްލިނިކަލް ޕްރެކްޓިސްއެއްގެ ސަބަބުން އުފެދޭ ނަޖިސް ސާފުކުރުމަށް ނަރުހުން އެދިއްޖެނަމަ އެއްވެސް އިންކާރުކުރުމެއްނެތި  އެކަންކުރުން. އަދި މިފަދަ ހާލަތެއް ދިމާވެދާނެ ހާލަތަކަށް ފެންނަ ހިސާބުގައި ތިބުން.
  • ޞިއްޙީ މަރުކަޒުގެ ކްލިނިކަލް އޭރިޔާތަކުގައި ބޭނުންކޮށް ހަޑިވާ ދޮވެސާފުކޮށް އަލުން ބޭނުކުރެވޭ ތަކެތީގައި ހުންނަ ނަޖިސް ސާފުކުމަށްފަހު ލޯންޑްރީއާއި ހަވާލުކުރުން. އަދި އެތަކެތި ލޯންޑްރީންއިން ދޮވެސާފުކޮށް ނިމުމުން އަނބުރާ އެ ޑިޕާޓްމެންޓްތަކަށް ގެނެސް ހަވާލުކުރުން.
  • ޞިއްޙީ މަރުކަޒުގެ ކްލިނިކަލް އޭރިޔާތަކުގައި ނަރުހުންކުރާ ދުވަހުގެ މަސައްކަތުގައި އެހީތެރިކަމަށް އެދޭ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީ ނަރުހުންގެ އިރުޝާދުގެދަށުން މަސައްކަތުގައި ބައިވެރިވުން.
  • ޞިއްޙީ މަރުކަޒުގެ އަ.ޕީ.ޑީ ގައި އެނދުމަތިކޮށްފައި ތިބޭ ބަލިމީހުންގެ ޔޫރިންބޭގްތައް ނަރުހުންގެ ލަފަޔާއި އިރުޝާދުގެދަށުން ހުސްކޮށް، އައި.ޕީ.ޑީގައި ބޭނުންކުރާ ބެޑުޕޭން ޔޫރިނާރ، ކިޑުނީ ޓުރޭފަދަ ތަކެތި ކޮންމެދުވަހަކުވެސް ކަނޑައެޅިފައިވާ އުސޫލެއްގެތެރެއިން ޑިސްއިންފެކްޓްކޮށް ބެލެހެއްޓުން.
  • ޞިއްޙީ މަރުކަޒުގެ އެމްބިއުލެންސް ޑިސްއިންފެކްޓް ކުރުމާއި ބަލިމީހުން އުފުލަން ގެންގުޅޭ " ޕޭޝަންޓް ޓްރޯލީ " އަދި " ވީލް ޗެއަރ" ޑިސްއިންފެކްޓްކޮށް ތައްޔާރީ ހާލަތުގައި ބެހެއްޓުން
  • ޞިއްޙީ މަރުކަޒުގެ އޯ.ޕީ.ޑީ އަދި އައި.ޕީ.ޑީގައި ހިދުމަތްހޯދާ ބަލި މީހުން އުފުލުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ބަލިމީހުންގެ އެހީތެރިން އެދިއްޖެހާލަތުގައާއި އެހީތެރިޔަކު ނެތް ހާލަތުގައި ނަރުހުންގެ އިރުޝާދުގެދަށުން އެކަން ކުރުން.
  • ޞިއްޙީ މަރުކަޒުގެ އައި.ޕީ.ޑީ ވޯރޑް، އީ.އާރު އަދި ޚިދުމަތް ދޭ ތަންތަނުގައި ބޭނުންކުރާ އެނދުފަދަ ތަކެތި ސާފުކޮށް، އެނދުތަންމަތި ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޞިއްޙީ މަރުކަޒުގެ އޯ.ޕީ.ޑީތަކުގައި ބަލިމީހުންނަށް ފަރުވާދޭ އެނދުތަކުގެ ތަންމަތި ފްރޮންޓް އޮފީހުގެ ސްޕާރވައިޒަރުންގެ އިރުޝާދުގެދަށުން ކޮންމެ ދުވަހަކު ބަދަލުކުރުން.
  • ޞިއްޙީ މަރުކަޒުން އިންތިޒާމްކުރާ ބައްދަލުވުންތައް ނުވަތަ ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތުން އަންގާގޮތެއްގެ މަތީން ( ގޮނޑިޖެހުން، މޭޒުޖެހުން، ބެނަރ ހަރުކުރުން ފަދަ މަސައްކަތްތައް ) އިންތިޒާމްތައް ކުރުމާއި ޙަފްލާތަކަށް ތަން ތައްޔާރުކުރުން.
  • ޞިއްޙީ މަރުކަޒުގެ އެހެން ޔުނިޓަކުން، ޑިޕާޓްމެންޓަކުން އަދި ސެކްޝަނަކުން އެ ޔުނިޓެއްގެ، ޑިޕާޓްމެންޓެއްގެ އަދި ސެކްޝަނެއްގެ މަސައްކަތުގައި އެހީތެރިކަމަށް އެދިއްޖެނަމަ ނަރުހުންގެ ލަފާގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން.
  • ޞިއްޙީ މަރުކަޒުގެ އޮފީސްތެރެއާއި އަދި އެހެނިހެން ތަންތާންގައި ބަހައްޓާފައިވާ ޝޯކޭސް، އަލަމާރި ފަދަ ތަކެތި މަދުވެގެން ދުވާލަކު އެއްފަހަރު ފޮހެ ސާފުކޮށް ބެލެހެއްޓުން.
  • ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަހައްދު ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުމާއި، ޞިއްޙީ މަރުކަޒުގެ ގޯތިތެރޭގައި ގަސްއިންދުމާއި ގަސްތަކަށް ފެންދީ ރަނގަޅަށް ބެލެހެއްޓުން.
  • ބަލިމީހުންގެ ސިއްރުތައް ރައްކާތެރިކޮށްދިނުމާއި، ބަލިމީހުންގެ ސިއްރު ހިފެހެއްޓުމާއި،  ޞިއްޙީ މަރުކަޒުގެ ތެރޭން ގެންދެވޭ ތަކެތީގެ ތެރޭ ބަލިމީހަކާއި ސީދާ ގުޅުންހުރި އެއްވެސް ކަމެއް ނުވަތަ އެއްޗެއްވާނަމަ އެކަން ކަނޑައެޅިފައިވާ ފަރާތަށް އެންގުން އަދި އެހެން ފަރާތްތަކާއި އެކަން ހިއްސާ ނުކުރުން.
  • ބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި އެޅުމަށް ޚާއްޞަ ކުރެވިފައިވާ ޓޭންކްތަކަށް ކަނޑައެޅިފައިވާ މިންގަޑަށް ފެނާއި ކެމިކަލްސް އެޅުމަށްފަހު ވަގުތު ހަމަވަންދެން ބެހެއްޓުން
  • ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިޔުޓީ އަދާކުރުމާއި، ޝިފްޓް ޑިއުޓީ ނިންމާ ގެއަށްދިއުމުގެ ކުރިން ޖެހިގެން އަންނަ ޝިޕްޓަށް އަންނަ މުވައްޒަފަށް ކުރެވިފައިހުރި ކަންކަމާއި ނުކުރެވިހުރިކަންކަމުގެ ހޭންޑް އޯވާ ދިނުން.
  • ކްލިނިކަލް އޭރިޔާތަކުގައި ބޭނުންކުރާ ޓޫލްސް އަދި އިންސްޓްރޫމަންޓްސް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޑިސްއިންފެކްޓް ކުރުމާއި އޮޓޯކްލޭވް ކުރުން.
  • އެއްވެސް މެޝިނެއްގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިފައިވާނަމަ ޑިއުޓީ ސުޕަރވައިޒަރަށް އެންގުން. އަދި ޑިއުޓީނިމުމުގެ ކުރިން ސުޕަރވައިޒަރެއްގެ އިރުޝާދުގެ މަތިން ބަޔޯހަޒާރޑް ޓޭންކުތަކާއި މެޝިންތަކާއި ދޮންނައޭރިޔާ ސާފުކޮށް މޮޕްކުރުން.
  • ވޯރޑްތަކުންނާއި އެހެނިހެން ޑިޕާރޓްމަންޓްތަކުން ލޯންޑްރީއަށް ދޮންނަން ގެންނަ ތަކެތި ބަލާ ޗެކްކުރުމަށްފަހު މުހިންމު ތަކެތި އަދަދު ތައްވެސް އެނގޭނެހެން ބެލެހެއްޓުމާއި ، ދޮވެ ނިމުމުން އެތަކެތި ހަމަޔަށް ފޮނުވޭތޯ ޔަގީން ކުރުން.
  • މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެތަކެތި ބަހައްޓާފައިވާތަން ރަނގަޅަށް ބެލެހެއްޓުމާއި، އެފަދަ އާލާތެއް ހަލާކުވެއްޖެނަމަ ނުވަތަ މަސައްކަތަށް އިތުރު އާލާތްތައް ބޭނުންވާނަމަ އެކަން ސުޕަރވައިޒަރަށް ރިޕޯރޓް ކުރުން.
  • ދިމާވާ ހާލަތެއްގެ ސަބަބުން ޞިއްޙީ މަރުކަޒުގައި ނުވަތަ ޞިއްޙީ މަރުކަޒުގެ ބެލުމުގެދަށުން  ޞިއްޙީ މަރުކަޒުން ބޭރުގައި ޤާއިމް ކުރެވޭ ކްލިނިކަލް ފެސިލިޓީ ފޮޅާ ސާފުކޮށް، މޮޕްލާ، ޑިސްއިންފެކްޓް ކުރުން.
  • ލެބޯޓްރީގައި ބޭނުންކުރާ އެއްޗެތި ދޮވެ ސާފުކުރުމާއި ތަނުގެ މަސައްކަތުގައި އެހީތެރިވުން.
  • ޞިއްޙީ މަރުކަޒުގައި ގެންގުޅޭ ، ލޯންޑްރީން ދޮންނަންޖެހޭ ތަކެތި ލޯންޑްރީއަށް ގެނައުމުން އެތަކެތި ދޮންނަންވާ ފެންވަރުތަކާއި ސައިޒްތަކަށް ބައިކުރުން. ދޮވުމަށްޓަކާ އެކިވައްތަރު ހުރިނަމަ އެތަކެތި ވަކިކުރުން. (ކުލައެއްޗާއި ހުދު އަދި ރަބަރޝީޓް ވަކިކުރުން.) ލެއާއި ނަޖިސް ޖެހިފައި ހުންނަތަކެތި ވަކިކުރުން. އަދިބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި ވަކިކުރުން.
  • ލޯންޑްރީއަށް ގެނެވޭ ތަކެތި ވީހާވެސް އަވަހަށް ދޮވެ، އިސްތިރިކުރަންޖެހޭ ތަކެތި އިސްތިރި ކުރުމަށްފަހު އަވަހަށް ސެކްޝަންތަކާއި ހަވާލުކުރުން.
  • ލޯންޑްރީގައި ބޭނުން ކުރުމަށް ސްޓޮކުން ނަގާ ތަކެތި ރައްކާތެރިކަމާއި އެކު ބެލެހެއްޓުމާއި އެތަކެތި އެކަށީގެންވާ ގޮތުގައި ބޭނުން ކުރުމާއި، ތަކެތި ހުސްނުވާނޭގޮތަށް އަބަދުވެސް ތަކެތި ހޯދުމަށް ކުރަންޖެހޭ ރިކުއެސްޓްތައް ސުޕަރވައިޒަރު މެދުވެރިކޮށް ކުރުން.
  • ލޯންޑްރީގެ މެޝިންތަކަށް ތަކެތިއެޅުމުގައި އެމެޝިނަކަށް ކަނޑައެޅިފައިވާ މިންގަޑަށްވުރެ އިތުރު ނުވާނެހެން ތަކެތި އަޅައިގެން ދޮވުމާއި އެތަކެތި ދޮވުމަށް ކަޑައެޅިފައިވާ ގަޑި ހަމަވަންދެން ދޮވުން. އަދި މެޝިނަށް އެކި ކެމިކަލްސް އަޅަން ކަޑައެޅޭ ގަޑިތކުގައި އެޑިއުޓީގެ ސުޕަރވައިޒަރެއްގެ އިރުޝާދުގެ ދަށުން ކެމިކަލްސް އެޅުން.
  • ޞިއްޙީ މަރުކަޒަށް ބޭނުންވާ ތަކެތި ގަތުމަށް އަގުބެލުމަށް ތަންތަނަށް ދިއުމާއި އަދި  ޞިއްޙީ މަރުކަޒުން ކަނޑައަޅާ ގޮތުގެ މަތީން ތަކެތި ޞިއްޙީ މަރުކަޒަށް ގެނެސް ކަމާއިބެހޭ ފަރާތްތަކާއި ޙަވާލުކުރުމާއި، އެކިއެކި ތަންތަނުން ޞިއްޙީ މަރުކަޒަށް އަދި ޞިއްޙީ މަރުކަޒުން އެކިއެކި ތަންތަނަށް އުފުލަންޖެހޭ ތަކެތި އުފުލުން.
  • ޞިއްޙީ މަރުކަޒުން ރަށުގެ އެކި އޮފީސްތަކަށާއި އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީފަދަ ތަކެތި ހަވާލުކުރުން.
  • ޞިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާ ތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ، ޞިއްޙީ މަރުކަޒުގެ އޮފީހުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
    https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ( މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް  އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް  ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެމަރުކަޒަށް ދީފައިވާ ހުއްދަ ނަމްބަރު ހިމަނާފައިވާ ނަމައެވެ)

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ހުށަހަޅަންޖެހޭ ލިޔުންތައް:

މި ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 މެއި 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ޅ.ކުރެންދޫ ޞިއްޙީމަރުކަޒަށެވެ. ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އޮންނާނީ، 04 ޖޫން 2026 އާ 20 ޖޫން 2026 އާ ދެމެދު ޅ. ކުރެންދޫ ޞިއްޙީމަރުކަޒުގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމު ) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6622732  ނަންބަރު ފޯނާއެވެ. އީ މެއިލް ކުރާނީ  ([email protected])   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

18 މޭ 2026
ހޯދާ