ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މި މިނިސްޓްރީގެ ރިސެޕްޝަން އޭރިއާއަށް ކޯލް ސެންޓަރބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމަށް
ވީމާ، މަތީގައިވާ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 19 މޭ 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގާއި މުއްދަތު އެނގެން އޮންނަންވާނެއެވެ. އިންޓީރިއާ ޑިޒައިން (ކުރެހުން) އަދި ބިއޯކިޔު މި އިއުލާން އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އިތުރު މައުލޫމާތު ސާފު ކުރުމަށް ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3014484 އަށް ގުޅުއްވުން އެދެމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
30 ޛުލްޤަޢިދާ 1447ހ
