މޯލްޑިވްސް ޒަކާތު ހައުސް
ދިވެހިރާއްޖެ
ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕާއި ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތު

ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕާއި ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތު

 

1. ރާއްޖެއާއި ރާއްޖެއިން ބޭރުން ސްކޮލަރޝިޕަށް ހުޅުވާލާ ދާއިރާތައް

ޤައުމު

މަރުކަޒު

ލެވެލް

ދާއިރާ

ދިވެހިރާއްޖެ

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
  • ވިލާ ކޮލެޖް
  • އެވިޑް ކޮލެޖް
  • ޒިކުރާ ކޮލެޖް

މާސްޓަރސް (ލެވެލް 09)، ޕީ.އެޗް.ޑީ (ލެވެލް 10)

އިސްލާމިކް ޝަރީޢާ، ޤުރުއާނިކް ސައިންސެސް، ޖުޑީޝިއަލް ސައިންސަސް، އިސްލާމިކް އެޑިއުކޭޝަން، އިސްލާމިކް ރިސަރޗް އެންޑް ޕަބްލިކޭޝަންސް، އިސްލާމިކް ޖަރނަލިޒަމް، އަޤީދާ، ފިޤްހު، އުސޫލުލްފިޤްހު، އިސްލާމިކް ލީޑަރޝިޕް އެންޑް މެނޭޖްމެންޓް، އިސްލާމިކް ސްޓަޑީސް

 

ރާއްޖެއިން ބޭރުން

  • އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (IIUM)
  • އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (INCEIF)
  • ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ (USIM)
  • ޔުނިވަރސިޓީ ބުރުނާއި ދާރުއްސަލާމް (UBD)
  • އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (IIUI)
  • އަލްއަޒްހަރު ޔުނިވަރސިޓީ

ޑިގްރީ

(ލެވެލް 07)

ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް، އިސްލާމިކް ބޭންކިންގ، އިސްލާމިކް ފައިނޭންސް

މާސްޓަރސް (ލެވެލް 09)، ޕީ.އެޗް.ޑީ (ލެވެލް 10)

ޝަރީޢާ އެންޑް ލޯ، އިސްލާމިކް ބޭންކިންގް، އިސްލާމިކް ފައިނޭންސް، އިސްލާމިކް އެޑިއުކޭޝަން، އިސްލާމިކް ސައިންސް، އިސްލާމިކް ރިވީލްޑް ނޮލެޖް، ޤުރުއާނިކް ސައިންސަސް، ހައްޖު އެންޑް އުމްރާ މެނޭޖްމެންޓް، އިންޑަސްޓްރިއަލް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، އެޑިއުކޭޝަނަލް ސައިކޮލޮޖީ، ޕޮލިޓިކަލް ސައިންސް، ހަލާލް އިންޑަސްޓްރީ ސައިންސް، ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް، އިކޮނަމިކްސް، އިކޮނޮމިކްސް އެންޑް ފައިނޭންސް، އަރބަން އެންޑް ރީޖަނަލް ޕްލޭނިންގް، ބިލްޓް އެންވައިރަމެންޓް، އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕޮރަރީ އިޝޫސް، އަރަބިކް ސްޓަޑީސް، އަރަބިކް ލިޓަރޭޗަރ، އަރަބިކް ލިންގުއިސްޓިކްސް، އެޕްލައިޑް މުއާމަލާތު، އިސްލާމިކް ލީޑަރޝިޕް، އެކައުންޓިންގް އެންޑް ޝަރީޢާ އޮޑިޓް، ދައުވާ އެންޑް އިސްލާމިކް މެނޭޖްމެންޓް، ޤުރުއާނިކް އެންޑް ސުންނާ ސްޓަޑީސް، ޝަރީޢާ އެންޑް ޖުޑިޝިއަރީ، އިސްލާމިކް ގަވަރނަންސް

 

  • މި ލިސްޓުގައި ހިމަނާފައިވާ ދާއިރާތަކުގެ އިތުރުން، އެހެން ދާއިރާއަކުން ތައުލީމު ހާސިލުކުރުމަށް ފޯމު ހުށަހެޅިދާނެއެވެ. މި ހާލަތުގައި ކިޔަވަން ބޭނުންވާ ކޯހާއި އެ ކޯސް ފުރިހަމަކުރުމަށް ބޭނުންވާ ތައުލީމީ މަރުކަޒާއި، އެ ކޯސް ފުރިހަމަކޮށްގެން ދަރިވަރު ދިވެހި އިސްލާމީ މުޖުތަމަޢުއަށް މަންފާކޮށްދޭނެ ތަސައްވުރެއް ހިމެނޭ ގޮތަށް މި އިއުލާނާ އެއްކަރުދާސްކުރެވިފައިވާ ފޯމު ސެޓުގައި ކަނޑައަޅައިފައިވާ ފޯމެޓާ އެއްގޮތަށް ޕްރޮޕޯސަލެއް ހުށަހަޅަންވާނެއެވެ.
  • މި ގޮތަށް ހުށަހަޅާ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލެވިފައިވަނީ މާސްޓަރސްއާއި ޕީ.އެޗް.ޑީއަށް ކިޔެވުމަށެވެ.
  • ލިސްޓުގައި ހިމަނާފައިވާ ދާއިރާތަކާއި މި ދާއިރާތަކުގެ އިތުރުން ޕްރޮޕޯސަލް ހުށަހަޅައިގެން ސްކޮލަރޝިޕަށް އެދި ހުށަހަޅާ ކޯހަކީ އިސްލާމިކް މޮޑިއުލްތައް ހިމެނޭ ކޯހެއްކަމުގައި ވާންޖެހޭނެއެވެ.
  • ސްކޮލަރޝިޕަށް ހުޅުވާލެވޭ ފުރުސަތުގެ އަދަދު:

ރާއްޖެއިން - 10 ފުރުސަތު

ރާއްޖެއިން ބޭރުން - 20 ފުރުސަތު

2. ޚާއްސަ ސްކޮލަރޝިޕް ދެވޭދާއިރާތަކާއި ފުރުސަތުތަކުގެ އަދަދު

2.1  ޚާއްސަ ސްކޮލަރޝިޕް

  • 5 ފުރުސަތު (ސާކް ޤައުމުތަކަށް)
  • އަންހެނުންގެ ޚާއްސަ ބަލިތަކަށް ބޭނުންވާ އަންހެން ޑޮކްޓަރުން ތަމްރީނު ކުރުމަށް.

2.2 ސްޓައިޕެންޑްގެ އެހީ

  • 5 ފުރުސަތު (ސަޢުދީ ޢަރަބިއާއި މިސްރުގައި ކިޔަވާ ދަރިވަރުންނަށް)

2.2.1 ސްޓައިޕެންޑްގެ އެހީ ދެވޭނީ އަންނަނިވި ޝަރުތުތަށް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހިމެނޭ އިސްލާމިކް މޮޑިއުލްތައް ހިމެނޭ ކޯހަކަށްވުން.

ށ. ޑިގްރީ (ލެވެލް 7)އަށް ވުރެ ދަށްނޫން ލެވެލްއެއްގެ ކޯހެއްކަމުގައިވުން.

ނ. ސްކޮލަރޝިޕަށް އެދިފައިވާ ކޯހުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެއް ކަމުގައިވުން.

ރ. ކައިވެނި ކޮށްގެން، އަނބިދަރިންނާ އެކު ޔުނިވަރސިޓީން ބޭރުގައި ދިރިއުޅޭ ފަރާތެއްކަމުގައިވުން.

ބ. މި އިއުލާނުގެ 3ވަނަ މާއްދާގެ (ކ)ގައި ބަޔާންކޮށްފައިވާ ހާލަތްތަކުން މި ފަރާތްތައް އިސްތިސްނާވާނެއެވެ.

 

3. ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތައް

ހ. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން.

ށ. ކިޔެވުމުގެ މާލީ ފުދުންތެރިކަން ނެތް ފަރާތެއް ކަމުގައިވުން.

ނ. ކިޔަވަން ހުށަހަޅާ ކޯހުގެ އެންޓްރީ ކްރައިޓީރިއާއަށް ފެތޭ ފަރާތެއްކަމުގައިވުން.

ރ.  ރާއްޖޭގައި ކިޔަވާ ކޯހެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހަކަށް ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާއަށް ފެތޭ ފަރާތެއްކަމުގައިވުން.

ބ. ފުލްޓައިމް ކޯހެއްގައި ތަޢުލީމު ހާސިލުކުރުމަށް އެދޭ ދަރިވަރެއް ކަމުގައިވުން.

ޅ. ކުރިމަތިލުމަށް އެދޭ ކޯހަކީ މިހާރު ހާސިލުކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓަށް ވުރެ މަތީ ފެންވަރެއްގެ ކޯހެއްކަމުގައިވުން.

ކ. ސްކޮލަރޝިޕަށް ހުށަހަޅާ ފަރާތަކީ ދިވެހި ސަރުކާރުން ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ނުވަތަ އެހެން ފަރާތެއްގެ ހިލޭ ނުވަތަ ސްޓޫޑެންޓް ލޯނުގެ އެހީގައި ކިޔެވުމުގެ ފުރުޞަތު ހަމަޖެހިފައިވާ ދަރިވަރެއްކަމުގައި ނުވުން.

އ. ޒަކާތު ފަންޑުގެ ސްކޮލަރޝިޕެއްގައި ކިޔަވަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ވ. މަތީ ތަޢުލީމު ހާސިލުކުރުމަށް މީގެ ކުރިން ދައުލަތުގެ މުއައްސަސާއަކުން ލޯނުގެ އެހީއެއް ލިބިފައިވާ ދަރިވަރެއް ނަމަ ޚާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ، އެ ލޯނުގެ ފައިސާ ދައްކައި ޚަލާސްކޮށްފައިވުން ނުވަތަ ގަވާއިދުން ފައިސާ ދައްކަމުންދާ ދަރިވަރެއްކަމުގައިވުން.

މ. ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބްލެކްލިސްޓުކޮށްފައިވާ ދަރިވަރެއް ކަމުގައި ނުވުން.

ފ. ކިޔެވުމަށް ހުށަހަޅާ މަރުކަޒަކީ "ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލު" (އުސޫލު ނަންބަރު: 2024/G-47) ގެ 6ވަނަ މާއްދާއަށް ފެތޭ މަރުކަޒެއް ކަމުގައިވުން.

އުސޫލުގެ ލިންކް: (https://zakathouse.gov.mv/documents/14064)

4. ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.
  • ޒަކާތު ފަންޑު ސްކޮލަރޝިޕަށް އަދި ޚާއްސަ ސްކޮލަރޝިޕަށް އެދޭ ފޯމުގެ ޗެކްލިސްޓުގައި ހިމެނޭ އެންމެހައި ލިޔެކިޔުންތައް.
  • ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތައް ކިޔަވަން އެދޭ ކޯހުގެ މޮޑިއުލްތައް އެނގޭފަދަ ސްޓަރކްޗަރ.

5. އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން ކޯހަށް އެދޭ ކޮންމެ ދަރިވަރަކު ވެސް ހުށަހަޅަންވާނީ އެންމެ އެޕްލިކޭޝަން ފޯމެކެވެ.
  • މި ސްކޮލަރޝިޕް ސްކީމުގެ ދަށުން ހޮވޭ ކޮންމެ ދަރިވަރަކަށް ވެސް ދެވޭނީ އެއް ފުރުސަތެވެ.
  • ކޯހުގެ ޕްލޭސްމަންޓް ހޯދުމަށް ޓަކައި ޕްރީ-ރިކުއެސްޓް ކޯހެއް ނުވަތަ ފައުންޑޭޝަން ކޯހެއް ނުވަތަ ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ މޮޑިއުލްތަކެއް ހުރި އެއްވެސް ކޯހެއް ފުރިހަމަކުރުމަށް ސްކޮލަރޝިޕްގެ ދަށުން އެހީއެއް ނުދެވޭނެއެވެ.
  • ފޯމާއި ލިޔެކިޔުންތައް އިވެލުއޭޓްކޮށް އެއާ މެދު ގޮތް ނިންމާނީ "ޒަކާތު ސްކޮލަރޝިޕް ކޮމިޓީ"އިންނެވެ.
  • އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓު ސްކޮލަރޝިޕަށް ހޮވިއްޖެ ނަމަ، ހުށަހެޅި ލިޔެކިޔުންތަކުގެ އަސްލު މި އިދާރާއަށް ފަހުން ހުށަހަޅަން އަންގައިފި ނަމަ، އެ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
  • ހުށަހަޅާ ސެޓުފިކެޓުތަކަކީ (ޕްރޮވިޝަނަލް ސެޓްފިކެޓްތަކެއް ކަމުގައި ވިޔަސް) ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ.
  • މަތީ ތައުލީމު ހާސިލުކުރުމަށް ދޭ ސްކޮލަރޝިޕާއި މަތީ ތައުލީމު ހާސިލުކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕުގެ ފުރުސަތަށް އެދި ހުށަހަޅާ އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 16 ޖުލައި 2026ވާ ބުރާސްފަތި ދުވަހުގެ 14:00އެވެ.
  • އެޕްލިކޭޝަން ހުށަހަޅާނީ [email protected]އަށް އީމެއިލް މެދުވެރިކޮށެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3021414އަށް ގުޅުއްވުމަށް ދަންނަވަމެވެ. 
17 މޭ 2026
ހޯދާ