ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަށް ލައިސަންސް ޕްރޮވިޝަނަލް ސައިކޮލޮޖިސްޓުން ފުރިހަމަކުރާ އިންޓަންޝިޕް ލޮގް ރިވިއު ކުރުމަށް ކޮންސަލްޓެންސީ ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ، މިމަސައްކަތްތައް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 20 މޭ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައިވާ މަސައްކަތް ފުރިހަމަ ކުރެވޭނެ އަގު، މުއްދަތު ، ކުންފުނީގެ ސީލް އަދި ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. ކޯޓޭޝަން ވެލިޑިޓީގެ ގޮތުގައި 30 ދުވަސް އޮންނަންވާނެއެވެ. މި އިއުލާނާއެކު ޓީއޯއާރު ވާނީ އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިމަސައްކަތް ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
29 ޛުލްޤައިދާ 1447
