އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026

(IUL)38-AC/38/2026/692 :ނަންބަރު

  

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026
ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/2 ޤަޟިއްޔާއިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ. މީދޫ ގައި ބެހެއްޓުނު ދ. މީދޫ-2 (M1.2 | 208) ނަންބަރު ވޯޓު ފޮށީގެ ދ. މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާ ގުޅިގެން، 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 22  ވަނަ މާއްދާގެ (ހ) އަދި ގަވާއިދު ނަންބަރު 2025/R-118 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދު) ގެ 50  ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި އިންތިޚާބުގެ އިތުރު ބުރެއް 2026 ޖޫން 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

 

އިތުރުބުރު ބާއްވާ މަޤާމުގެ ތަފްޞީލު

ލޯކަލް ކައުންސިލް

ދ. މީދޫ ކައުންސިލްގެ ރައީސް

 

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް، ސުހާ އިބްރާހީމް، ދ. މީދޫ / ދިލްޝާދުގެ

ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ދ. މީދޫ / ހުސްނުހީނާގެ

ކެންޑިޑޭޓް ނަންބަރު 1

 

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްގެ ކެންޑިޑޭޓް، މުޙައްމަދު ޝާހިދު، ދ. މީދޫ / މުޝްތަރީވިލާ

ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ދ. މީދޫ / މުޝްތަރީވިލާ

ކެންޑިޑޭޓް ނަންބަރު 2

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓު ނެގުން އޮންނާނީ، 2026 ޖޫން 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތު ކޮޅަކަށް ފަހުއެވެ. ގަވާއިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ އާންމު ގަވާއިދު) ގެ 31-1 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވޯޓު ނެގުން އޮންނަ ދުވަހު، އިންސާނީ ބާރު ނުހިނގާ ފަދަ ޤުދުރަތީ ހާދިސާއެއް މެދުވެރިވުމުން ފިޔަވައި، ވޯޓު ނަގަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގަޑިއަށް ބަދަލެއް ނުގެނެވޭނެއެވެ.މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 14 ވާ އާދިއްތަ ދުވަހުގައެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.

16 މޭ 2026
ހޯދާ