މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު - އަޟުޙާ ޢީދު 1447 ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ކައުންސިލުން ރާވާފައިވާ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް މި ދަންނަވާ މަސައްކަތް މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

        އަޟުޙާ ޢީދު 1447 ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ކައުންސިލުން ރާވާފައިވާ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ތިރީގައި މި ދަންނަވާ މަސައްކަތް މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ  ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

-          ސްޓޭޖް ލައިޓް ސެޓަޕް ހެދުން

-          ކުޅިވަރުތަށް ކަވަރ ކުރެވޭގޮތަށް ސްޓޭޖްގެ ސައުންޑް ސެޓަޕް ހެދުން

-          ހަރަކާތްތަށް ހޯސްޓް ކުރުން

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 މެއި  2026 ވަނަ ދުވަހުގެ 13:00 ގައި ކ. ކާށިދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުންއެދެމެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 18 މެއި 2026 ވަނަ ދުވަހުގެ 10:30 ގައި ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައެއްނުވެއެވެ.

       އަންދާސީ ހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށެވެ.އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއެއް ނުވަތަ ކްލަބް ޖަމިއްޔާ ޖަމާއަތުގެ ރަޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

15 މޭ 2026
ހޯދާ